09 މާޗް 2023
ހއ. ދިއްދޫގައި ހަދާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ހަދާ ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ހއ. ދިއްދޫގައި ހަދާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ހަދާ ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ ދިއްދޫގައި އިމާރާތް ކުރާ ޖޫނިއާ ކޮލެޖާއި އަލިފުށީގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދުމަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 27ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެކިޔުން ހުށަހަޅަން ޖެހެ އެވެ.
މި ދެ ޕްރޮޖެކްޓުގެ ވެސް ކޮންސްޓްރަކްޝަން މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނައިރު، ކޮންކްރީޓް މަސައްކަތްތަކުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރ. އަލިފުށީގައި ހަދާ ޓިވެޓް ސެންޓަރުގެ ކުރެހުމެއް. -- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
މިނިސްޓްރީން ބުނީ މި މަރުކަޒުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ފަހު، އޮޕަރޭޓްކުރުމަށް ބިލްޑިން ހަވާލުކުރާއިރު، އެތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގްސް ހޯދައި އިންސްޓޯލުކުރުމާ އަދި ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އޮޕަރޭޓް ކުރުމަށް ހަވާލުވާ ބައެކެވެ.
ދިއްދޫގައި ހަދާ ޖޫނިއާ ކޮލެޖް ހާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ހިންގުމަށެވެ. އަދި އަލިފުށީގެ ޓިވެޓް ސެންޓަރު ހާއްސަ ކުރަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި ކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި މަރުކަޒުތަކުގައި ހިންގާނެ އެވެ.
މި މަރުކަޒުތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ ލެބޯޓަރީ އާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އަދި އައިސީޓީ ލެބޯޓަރީ ވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި އަދި ލައިބްރަރީ ވެސް ހުންނާނެ ކަމަށެވެ. އަދި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ވެސް ހުންނާނެ ކަމަށް ބުންޏެވެ.
މި ޕްރޮޖެކްޓުތަކަކީ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ކަމެކެވެ.
ހަމަ މި ޕްލޭންގެ ދަށުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކ. ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އަލިފުށީގައި ޓިވެޓް ސެންޓަރު އަޅާނެ ބަޔަކު ހޯދަނީ
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ
ހިލޭ ޑިގްރީ އަށް މިދިޔަ ފަސް އަހަރު 695 މިލިއަން
ހަޔަ އެޑިއުކޭޝަންގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް
ސްޓޫޑަންޓް ލޯންގެ ތަކުލީފް ކުޑަކޮށްދިނުމުގެ އިޝާރާތެއް
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
ޔޫކޭގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕަށް ހުޅުވާލައިފި
4 ރަށެއްގައި ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި