08 މާޗް 2023
މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 125 މީހުންނާއެކު ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި އެ ގޮތަށް ފާސްވީ ހިއްސާދާރުންގެ 87 ޕަސެންޓުގެ ވޯޓުންނެވެ.
އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2021 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.
މިރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ޕްރައިޒް ވޯޓަ ހައުސް ކޫޕާސް ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 62،920 ޑޮލަރު ދިނުމަށް ކަނޑައަޅައިފަ އެވެ.
އުރީދޫ އޮޑިޓް ކުރި މާލީ ބަޔާންތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އާމްދަނީއަކީ 560 މިލިއަން ރުފިޔާ އެވެ. އެއީ 2021 ވަނަ އަހަރަށް ވުރެ 21 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
އުރީދޫ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެ އެވެ. އެއީ މިހާތަނަށް އުރީދު އަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އެ ކުންފުންޏަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ހިއްސާއަކަށް 3.04ރ. ބަހަން ނިންމައިފި
އުރީދޫ އޭޖީއެމް އަންނަ މަހު 7 ވަނަ ދުވަހު ބާއްވަނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް
ޕެޓަށް ބޭނުންވާ ސާމާނު މޫލީ މެދުވެރިކޮށް ގަނެވޭނެ