Roadha Mihaaru
ދަތް އަޅައިގެން އިނގިލި ބުރިކޮށްލި މީހަކު ބަންދަށް

ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި މީހަކު ބަންދަށް

04 މާޗް 2023

މާރާމާރީއެއްގައި ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާރާމާރީއެއްގައި ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެ ހާދިސާ ހިނގި އިރެއް ސާފެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން އެ މީހާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން ހަތިޔާރަކުން ދެ މީހަކަށް ހަމަލާ ދިނުމުގެ އިތުރުން ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލާފައިވާތީ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ލިބިފައިވާ އަނިޔާތަކާއި އޭގެ ފޮޓޯތައް ވެސް ކޯޓަށް ފުލުހުން ހުށަހެޅި އެވެ. އެހެންވެ، ކޯޓުން އަންގާފައި ވަނީ ތަހުގީގާއި ޝަރީއަތް ނިމެންދެން ވެސް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

މާލޭގައި ގޭންގް ހަމަނުޖެހުން ބޮޑުވެ، ދާދިފަހުން ވަނީ މީހަކު މަރާލައިފަ އެވެ. އަދި ބައެއް ތަންތަނަށް ގެއްލުން ވެސް ދީފައިވެ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އޭގެ ތެރެއިން ގިނަ މީހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.