03 މާޗް 2023
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފި އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރުކަން ފާއިތުވި 14 އަހަރު ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ވަންދެން އުޅުއްވުމަށްފަހު އުމުރުން 55 އަހަރުގައި ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރޭ މެލޭޝިއާގަ އެވެ.
އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. އެމްއެންޕީން ވާދަކުރާނެ ކެންޑިޑޭޓުންނަށް ކުރިމަތިލާން ހުޅުވާލައިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އެ ޕާޓީގެ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ވޯޓުލުން ބާއްވާނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްއެންޕީގެ އިތުރުން މި ދާއިރާއަށް ވާދަކުރަން މިހާތަނަށް ޕްރައިމަރީއަށް ދެން އިއުލާންކުރީ އެމްޑީޕީންނެވެ. އެ ޕާޓީން ހަތަރު މީހަކު ކުރިމަތިލާފައިވާއިރު ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 11 ގަ އެވެ. ދާއިރާގެ ގޮނޑި މިހާތަނަށް ކާމިޔާބުކުރަމުން އައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމާ ބެހޭ ގޮތުން އަދި ވަކި ގޮތަކަށް އިއުލާނެއް ނުކުރެ އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ގުރައިދޫ ގޮނޑި: ތިން ޕާޓީ ވެސް ޔަގީންކަމުގައި!
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބާއްވަނީ
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އަށް 4 މީހެއް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ޕްރައިމަރީ ބާއްވަނީ
މެންބަރުންގެ އަދަދު ލިމިޓްކުރަން ތަފާތު ހިޔާލުތަކެއް!
މެމްބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް ތާއީދު
މުސާރަ ބޮޑުކުރުން މަޖިލީހުން ފާސްނުކުރަން ގޮވާލައިފި
ރިޔާސަތުގެ ނިންމުން ގާނޫނާ މުޅިން ހިލާފު: އެމްއެންޕީ