ކޮވިޑް-19ގެ ދުވަސްވަރު ބޭނުންކުރި ހުޅުމާލެ ކޮވިޑް ހޮސްޕިޓަލަށް، ކްރިމިނަލް ކޯޓް ހިންގުން ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
27 ފެބުރުއަރީ 2023
ކޮވިޑް-19ގެ ދުވަސްވަރު ބޭނުންކުރި ހުޅުމާލެ ކޮވިޑް ހޮސްޕިޓަލަށް، ކްރިމިނަލް ކޯޓް ހިންގުން ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޑީޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން "މިހާރު" އަށް ބުނީ ކްރިމިނަލް ކޯޓް ހިންގުމަށް، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ކޮވިޑް ހޮސްޕިޓަލް ދޭން ނިންމައި، އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު އެތަން ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެތަނަށް އެއްޗެހި ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އިމާރާތް ބާވުމުގެ ސަބަބުން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި، އެތަނުގައި ކުރަމުން އަންނަ މަސައްކަތް މިދިޔަ ހަފުތާގައި ހުއްޓާލި އެވެ.
އެ ކޯޓު މިހާރު ހިންގަމުން އަންނީ މާލެ މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގަ އެވެ. އެ އިމާރާތް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާއިރު، ސީލިންގުން ފެން ފޭބުން ކަހަލަ އެތައް ކަމެއް ހިނގައިގެން، ބައެއް ޝަރީއަތްތައް ވެސް ކެންސަލް ކުރަން ޖެހެ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓް ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ވާތީ ކަމާބެހޭ މާހިރުން އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވެ އެވެ. އެއީ ބޭނުންކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
އެހެންވެ، ކްރިމިނަލް ކޯޓު ހިންގަމުން އަންނަ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ ބާ އިމާރާތް ބޭނުންކުރުން އެ ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވަގުތުން ހުއްޓާލި އެވެ.
ކްރިމިނަލް ކޯޓު، ޖަސްޓިސް ބިލްޑިންގްގައި ހިންގަމުން ދަނިކޮށް، އެ ތަން އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތުގައި ހިންގި އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
15 ކޯޓު ރޫމާ އެކު ބޮޑު ލުޔެއް ލިބޭނެ: ޑީޖޭއޭ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހުޅުވަނީ
މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ކްރިމިނަލް ކޯޓު އިމާރާތުގެ މަސައްކަތް ބައްލަވާލައްވައިފި
ސާވާ މައްސަލަ ޖެހި،އޮންލައިން ޝަރީއަތްތައް ހުއްޓުމަކަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
100 ދައުވާ އުފުލާފައިވާ މަންޑޭގެ ޝަރީއަތް ފަށައިފި
އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާއެއް
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް