26 ފެބުރުއަރީ 2023
ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ ލިޓަން މަރާލާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާއާ އެކު ދަތުރުކުރި މުހައްމަދު ނިޒާމްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ކުރަން ނިންމައިފި އެވެ.
ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ ލިޓަން މަރާލާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާއާ އެކު ދަތުރުކުރި މުހައްމަދު ނިޒާމްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލިމާލެ އިން ފުރި ތެޔޮ ބޯޓެއްގައި ހުރި ލިޓަން ގެއްލިފައި ވާއިރު، އޭނާގެ ހަށިގަނޑު މިހާތަނަށް ފެނިފައެއް ނުވެ އެވެ. އޭގެ ފަހުން ވަނީ އެ ބޯޓުން ދެން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމަށް ތުހުމަތުކޮށް، އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތިން މުއާމަލާތް ކުރުމުގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.
ލިޓަންގެ ހަށިގަނޑު ހޯދަމުން ދަނިކޮށް ކަނޑުން އޮޔާ ދަނިކޮށް ފެނުނު ހަށިގަނޑަކީ ވެސް ލިޓަންގެ ހަށިގަނޑު ނޫން ކަން ފޮރެންސިކް ތަހުލީލުތަކުން މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އެކަމަކު ޝަމީމް ވިދާޅުވީ ހަށިގަނޑު ނުފެނުނަސް، ލިޓަން މެރުމުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކޯޓުގައި ސާބިތުކޮށްދޭނަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިގޮތަށް ސާކަމްސްޓޭންޝަލް އެވިޑެންސްގެ މައްޗަށް ދައުވާކޮށް ސާބިތު ކުރެވިފައި ހުރި ކަން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ވައްކަމުގެ ދައުވާ ކުރަނީ އެ ބޯޓުގައި ހުރި ފައިސާ ނިޒާމް ވަގަށް ނަގާފައިވާތީ އެވެ. މަސްތުވާތަކެތީގެ ދައުވާ ކުރަނީ ހައްޔަރުކުރި ވަގުތު މަސްތުވާތަކެތި ފެނިފައިވާތީ ކަމަށެވެ.
ފުލުހުން ތުހުމަތު ކުރަނީ ފައިސާގެ މައްސަލައެއްގެ ތެރޭގައި ލިޓަން މަރާލާފައިވާ ކަމަށެވެ. ނިޒާމް ހުރީ އަދިވެސް ބަންދުގަ އެވެ.
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި: ދައުލަތް
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
ހަށިގަނޑެއް ނެތް: މަރާލީ ކަމަށް ނިންމޭނެތަ؟
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
"ޔާމީންގެ މައްސަލާގައި ދެ މީހަކު ޖަލަށްލީ ރަނގަޅަށް"
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި