ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ސްކޫލްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ކިޑްސް ފުޓްބޯޅައިގެ އެންމެ ބޮޑު ފިއެސްޓާ ރަސްމީކޮށް ފައްޓަވައި ދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. މުބާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުބާރާތް ކުރިއަށް ގެންދާ މި ހަތަރު ދުވަހަކީ ކުދިންނަށް އުފާވެރި ހަތަރު ދުވަހަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ފިއެސްޓާ ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަޑައިގެން މިނިސްޓަރު އައިޝަތު އަލީ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅިވަރުގެ ހަރަކާތްތަކުން އެންމެ ބޮޑަށް ދަސްވާ އެއްކަމަކީ މޮޅުވުމާއި ބަލިވުން ކަމަށެވެ. އަދި ވިދާޅުވީ މޮޅުވާ ޓީމު ވެސް އަނެއް ޓީމަށް އިހްތިރާމް ކުރުމާއި ބަލިވުމުން ބަލި ގަބޫލުކޮށް މޮޅުވާ ޓީމަށް މަރުހަބާ އަދ ކުދިންނަށް ކުޅިވަރުގެ ތެރެއިން ދަސްވެގެން ދާނެ ކަމަށެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ޝަމީމް ،މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޮކަ ވެޓަރަންސްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މިފަހަރުގެ މުބާރާތް ރާވަފާއިވާ ގޮތުން އެއް ވެސް ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ނުލިބި ނުދާނެ ކަމަށެވެ.
މުބާރާތް ހާއްސަކޮށްފައި ވަނީ ގްރޭޑް 1 އަދި 2 ގައި ކިޔަވާ ކުދިންނަށެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރެ އެވެ. އެއީ ޖުމުލަ 720 ކުދިންނެވެ. މުބާރާތުގައި 296 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ގްރޭޑެއްގެ ދެމެދުގައި ޓީމުތައް ބަހާލާފައި ވަނީ ފަސް ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.
މުބާރާތުގެ ތަށި ރަސްމީކޯށް ދައްކާލުމުގެ ގޮތުން މިނިސްޓަރު އައިޝަތު އަލީ (ވ) އާއި ނެސްލޭގެ އޮފިޝަލް (ކ-2) އަށް ތަށި ހަވާލު ކުރަނީ --- -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހެންވޭރު ދަނޑުގައި މިއަދު ބޭއްވި ހަފުލާގައި މުބާރާތުގެ ދެ ކެޓަގަރީ ނުވަތަ ދެ ގްރޭޑްގެ ޗެމްޕިއަން ޓީމަށް ދޭ ތަށި ލޯންޗު ކުރަން ތަށި ގެނައި ބޮޑު ބެރުގެ ހަރަކާތަކާ އެކު އެވެ. މުބާރާތުގެ ރަސްމީ ލަވަ ލޯންޗު ކުރުމުގެ ގޮތުން އިމާދުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ވަނީ ލަވަ އަށް ނަށައިފަ އެވެ.
ދެ ގްރޭޑްގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލަށް
ނެސްލޭ ފިއެސްޓާގެ ދެ ތަށި ވެސް އިސްކަންދަރް ސްކޫލަށް
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ޗައިނާގައި އިމާރާތުން ވެއްޓުނު ގަބޮން ކުޅުންތެރިޔާ މަރު
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
އޯ ލެވެލްއާ ދިމާވާތީ ޒުވާން ޓީމު ބަލިކަށިކޮށް
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ފައިސާ ދިނަސް މުބާރާތް ކުޅެން ޝައުގެއް ނެތް