19 ޖެނުއަރީ 2017
ރިއާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަން ދޫކޮށްލައްވަން ދެކޮޅު ހައްދަވަފާއިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖާމީ، ގޮތް ދޫކުރައްވައި، އައު ރައީސާ ވެރިކަން ހަވާލު ކުރުމަށް ދީފައިވާ މުހުލަތު މިރޭ ހަމަވާ އިރު، ސެނެގާލް ސިފައިން މިހާރު ތިބީ ގެމްބިއާ އަށް ވަދެގަތުމަށް ތައްޔާރަށް ކަމަށް ސެނެގާލް އިން ބުނެފި އެވެ.
ރިއާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަން ދޫކޮށްލައްވަން ދެކޮޅު ހައްދަވަފާއިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖާމީ، ގޮތް ދޫކުރައްވައި، އައު ރައީސާ ވެރިކަން ހަވާލު ކުރުމަށް ދީފައިވާ މުހުލަތު މިރޭ ހަމަވާ އިރު، ސެނެގާލް ސިފައިން މިހާރު ތިބީ ގެމްބިއާ އަށް ވަދެގަތުމަށް ތައްޔާރަށް ކަމަށް ސެނެގާލް އިން ބުނެފި އެވެ.
އިންތިޚާބުވެފައިވާ ރައީސް އާދަމާ ބާރޯއާ މަގާމާ ހަވާލު ނުކޮށްފި ނަމަ، އަސްކަރީ ގޮތުން ގެމްބިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެފްރިކާގެ ބައެއް ގައުމުތަކުގެ ސިފައިން މިހާރު ތިބީ ތައްޔާރީ ހާލަތުގަ އެވެ. ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރި އަށް ސެނެގާލްގެ ސިފައިން ޖަމާ ކުރުމަށް ފަހު، ސެނެގާލް އިން ބުނީ ޔަހުޔާ ޖާމީ އަމިއްލަ އަށް މަގާމުން ވަކިވެވަޑައިނުގެންފި ނަމަ ހަތިޔާރުގެ ބޭނުން ކޮށްގެން ވެސް އައު ރައީސް މަގާމަށް އިސް ކުރާނެ ކަމަށެވެ.
ގެމްބިޔާގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯއްދެވުމުގެ ގޮތުން މޮރިޓޭނިޔާގެ ރައީސް މުހައްމަދު ވަލަދް އަބްދުލްއަޒީޒް އިއްޔެ ގެމްބިޔާ އަށް ވަޑައިގަތުމަށް ފަހު މިހާރު ވަނީ އެނބުރި ސެނެގާލް އަށް ވަޑައިގެންފަ އެވެ. އަދި ސެނެގާލްގެ ރައީސް މާކީ ސާލް އިއްޔެ ވަނީ މޮރިޓޭނިއާގެ ރައީސާ އެކު ގެމްބިޔާ މައްސަލައިގައި މަޝްވަރާ ކުރައްވައިފަ އެވެ. މި މަޝްވަރާތަކުގައި އާދަމާ ބާރޯ ވެސް ބައިވެރިވެވަޑައިގަތެވެ.
ގެމްބިއާގެ ވެރިރަށުން ބައެއް މީހުން ނުކުމެގެން ދިއުމުން ބައެއް ގޭގެ ބަންދުކޮށްފައިވާ އިރު، އަމާން ތަނަކަށް ދެވޭނެ ގޮތެއް ނެތިފައި ހުރި އަންހެނަކު ކުޑަ ކުއްޖަކު އުރާލައިގެން މަގުމަތީގައި. --ފޮޓޯ އޭޕީ
އިންތިޚާބުވެފައިވާ އައު ރައީސާ ގައުމުގެ ބާރުތައް ހަވާލު ކުރެއްވުމަށް ގެމްބިޔާގެ ރައީސް ޔަހުޔާ އަށް ދީފައިވާ މުހުލަތު ހަމަވީ ރޭ މެންދަމެވެ. ގެމްބިއާ ވެސް ހިމެނޭ ގޮތުން އުފައްދާފައިވާ، ހުޅަނގު އެފްރިކާ ގައުމުތަކުގެ އިއްތިހާދުން ނިންމާފައިވަނީ، ގެމްބިއާގެ ވެރިކަން އޮމާންކަމާ އެކު ހަވާލު ކުރުމަށް ރައީސް ޔަހްޔާ ދެކޮޅު ހައްދަވާ ނަމަ، އަސްކަރީ ބާރުގެ ބޭނުންކުރުމުގެ އިޚްތިޔާރު ސެނެގާލް އަށް ދީފަ އެވެ.
ގެމްބިއާގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެ ގެމްބިޔާގެ އުއްތަމަ ފަނޑިޔާރު ވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަނެއްކޮޅުން ގެމްބިޔާގެ ވެރިރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ އާންމު ރައްޔިތުން މިހާރު ދަނީ ހަނގުރާމައެއް ފެށިދާނެ ބިރަށްޓަކައި އެ މީހުންގެ ގެދޮރު ދޫކޮށް އަމާން ތަންތަނަށް ބަދަލުވަމުންނެވެ.
މަގާމުގެ މުއްދަތު ހަމަވެފައިވާ، ގެމްބިއާގެ ރައީސް އަލް ހާޖީ ޔަހްޔާ ޖައްމާ. ފޮޓޯ ރޮއިޓާސް
އިންތިހާބީ ރައީސް އާދަމާ ބާރޯގެ ތަރުޖަމާނު ޚަލީފާ ސައްލާހް ވިދާޅުވީ، މުހުލަތު ހަމަވާ އިރު ރައީސް ޔަހްޔާ ވެރިކަމުން ވަކިވެވަޑައިނުގެންފި ނަމަ، އައު ރައީސް މަގާމާ ހަވާލު ވުމުގެ ރަސްމިއްޔާތު، ސެނެގާލްގެ ވެރިރަށް ޑަކާރްގައި ހުންނަ ގެމްބިޔާ އެމްބަސީގައި މިރޭ ބާއްވާނެ ކަމަށެވެ.
ސެނެގާލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އަބްދޫ ނިދާޔޭ ވިދާޅުވީ މުހުލަތު ހަމަވުމަށް ފަހު ސެނެގާލްގެ ސިފައިން ގެމްބިޔާ އަށް ވަންނަން ފަށާނެ ކަމަށެވެ. އޭގެ އިތުރުން ގެމްބިޔާއާ ދެކޮޅަށް ދޭ އަސްކަރީ ހަމަލާގައި ބައިވެރިވުމަށް ނައިޖީރިއާގެ އެއްގަމާއި ކަނޑާއި ވައިގެ ސިފައިން މިހާރު ދަނީ ގެމްބިއާ ސަރަހައްދަށް ދަތުރު ކުރަމުން ކަމަށް ނައިޖިރިޔާ އިން ބުނެ އެވެ. މީގެ އިތުރުން ގާނާގެ ސިފައިން ވެސް މި ހަރަކާތުގައި ބައިވެރިވާނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރައްވައި އިދިކޮޅު ކެންޑިޑޭޓް އަދަމާ ބަރޯ އަށް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ޔަހުޔާ ވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައި، އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ކޯޓަށް ހުށަހަޅުއްވައިފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ.
ވެރިކަން ދޫކޮށްލެއްވުމަށް ގެމްބިއާގެ ރައީސް އެއްބަސްވެއްޖެ
ގެމްބިއާގެ ރައީސް މަގާމުން ދުރުކުރަން ސެނެގާލް ތައްޔާރު
ނައިޖަރުން ފަރަންސޭސި ސިފައިން ބޭލުމަށް މަޝްވަރާކުރަނީ
"އޭކަން ސިޓީ" ތަރައްގީކުރަން ތައްޔާރުުވެއްޖެ
ގެމްބިއާގެ ކުރީގެ ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންފި
ނާކާމިޔާބުވި ރައީސް އަށް ގެމްބިއާ ސިފައިންގެ ތާއީދު
ގެމްބިއާ ސިފައިން އިލެކްޝަން ކޮމިޝަން ހިސާރުކޮށްފި
އައިސީސީން ވަކިވާ ތިން ވަނަ ގައުމަކަށް ގެމްބިއާ
ބޭރު ސިފައިން ތިބުން ހަރުކަށިކުރާ އިސްލާހު ފާސްކޮށްފި
ބޭރު ސިފައިން ރާއްޖޭގައި ތިބުމުގެ އުސޫލު ހަރުކަށިކުރަނީ