17 ފެބުރުއަރީ 2020
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އޭނާގެ ކުޑައިރު ގިނަ ދުވަސްތަކެއް ހޭދަކުރި އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލްގައި "އޭކަން ސިޓީ" ގެ ނަމުގައި ޒަމާނީ ސަރަހައްދެއް ތަރައްގީކުރަން ސަރުކާރާ އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އޭނާގެ ކުޑައިރު ގިނަ ދުވަސްތަކެއް ހޭދަކުރި އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލްގައި "އޭކަން ސިޓީ" ގެ ނަމުގައި ޒަމާނީ ސަރަހައްދެއް ތަރައްގީކުރަން ސަރުކާރާ އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އުމުރުން 46 އަހަރުގެ ލަވަކިޔުންތެރިޔާ ފާއިތުވި ހަތް އަހަރު ދެކެމުން އައި ހުވަފެނުގައި ކުލަ ޖެއްސުމުގެ ފުރަތަމަ މަރުހަލާ ނިންމައިލުމަށް ފަހު ބުނީ 2018 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ބްލެކް ޕެންތާ" ގައި ދައްކާ ވެކަންޑާ ކަހަލަ ސިޓީއެއް "ފިއުޗަރިސްޓިކް ޓެކްނޮލޮޖީ" އާ އެކު ސެނަގާލްގެ 2،000 އޭކަރުގެ ބިމެއްގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންމަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ވެކަންޑާ އަކީ "ބްލެކް ޕެންތާ" ގައި ދައްކާ އެފްރިކާ ބައްރުގެ ހިޔާލީ ގައުމެކެވެ. އެތަން އިންސްޕިރޭޝަނެއްގެ ގޮތުގައި ބަލައި ތިމާވެއްޓާ ރައްޓެހިކޮށް ސެނަގާލްގައި ތަރައްގީކުރާ "އޭކަން ސިޓީ" އަކީ ވަރަށް ގިނަ ވަސީލަތްތަކެއް އެކުލެވޭ ގޮތަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއެކެވެ. އޭކަން ބުނީ މި މަޝްރޫއު ނިންމައިލާ އިރު އޭނާގެ ސިޓީ އޮންނާނެ ގޮތުގެ ހިޔާލީ ތަސައްވުރެއް 3ޑީކޮށް ވަރަށް އަވަހަށް ޔޫޓިއުބްގައި ވެސް އާންމުކުރާނެ ކަމަށެވެ.
ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ބައި ނިންމަން އަމާޒު ހިފާފައި ވަނީ 2025 ގަ އެވެ. ނަމަވެސް މުޅި މަޝްރޫއަށް ހަރަދުވާނެ ވަރެއް ހިއްސާއެއްނުކުރެ އެވެ.
ހަ ކުދިން ތިބި އޭކަން ބުނީ "އޭކަން ސިޓީ" ގެ މަގުސަދަކީ ސެނެގާލްގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމާ އެކު، އެފްރިކާ ބައްރުގެ އިގުދާސީ ވަރުގަދަ ބާރަކަށް އެ ގައުމު ހެދުން ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން ކުރާނެ އެންމެ ތަފާތު އެއް ކަމަކީ "އޭކަން ސިޓީ" ގައި އޭކަންގެ ނަމުގައި ޑިޖިޓަލް ފައިސާ ބޭނުންކުރުމެވެ. އެއަށް ދީފައިވާ ނަމަކީ "އޭކޮއިން" އެވެ.
"ސެނެގާލްގެ ރައްޔިތުންނަކީ ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވާން އަހަރެން ބޭނުން. އަހަރެމެން ކަހަލަ ލާރި ތިބި މީހުން އެކައުންޓްތަކުގައި އުމުރު ދުވަހަށް ފައިސާ ބަހައްޓައިގެން ތިބުމުގެ އެއްވެސް މާނައެއް ނެތް،" ލޮކަޑް އަޕާއި ލޯންލީ އަދި އޯ އެފްރިކާ ފަދަ މަގުބޫލު ލަވަތައް ގެނެސްދިން އޭކަން ބުންޏެވެ. "އެހެންވެ އަހަރެން ރައްޔިތުންނަށްޓަކައި އިންވެސްޓްކުރަން ބޭނުން ވަނީ."
ސެނެގާލަކީ އޭކަން އުފަންވެ، އުމުރުން 7 އަހަރާ ހަމައަށް ދިރިއުޅުނު ގައުމެވެ. އޭގެ ފަހުން އޭނާ އާއިލާ އެކު ދިރިއުޅުން ބަދަލުކުރީ އެމެރިކާގެ ނިއު ޖާޒީއަށެވެ.
ދެކުނު އެފްރިކާ އިން އެމެރިކާގެ ސަފީރާ ސުވާލުކޮށްފި
އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާ އެހީވަނީ
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ތިން ދުވަހުން 7 ބައްރަށް ދަތުރުކޮށްގެން ރެކޯޑެއް
ސްކޫލުން ސަސްޕެންޑުކުރުމުން ސްކޮލަޝިޕަކާއެކު އޮސްކާ އަށް
އީލޮން މަސްކްގެ ބިމުއަޑީގެ މަގު މި އަހަރު ހުޅުވަނީ
ސޫދާނުގެ ހަމަނުޖެހުން، ލޭއޮހޮރުވުމާ އެކު، ކުރިއަށް
ކެމްބޯޑިޔާގެ ވެރިންނަށް އެމެރިކާ ފިޔަވަޅު އަޅަނީ
ވެރިކަން ދޫކޮށްލެއްވުމަށް ގެމްބިއާގެ ރައީސް އެއްބަސްވެއްޖެ
ގެމްބިޔާ އަށް ވަދެގަތުމުގެ ވަގުތު ކުޑަތަން ވަނީ: ސެނެގާލް