Roadha Mihaaru
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރު ކުރަނީ

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރުކުރަން ހުށަހަޅައިފި

20 ފެބުރުއަރީ 2023

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރުކުރަން، ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރުކުރަން، ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިހާބުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.

އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ.

ސަރުކާރުން ވަނީ އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ހުށަހަޅައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރީ ސެޕްޓެމްބަރު 9 ގައެވެ. އަދި ދެވަނަ ބުރަކަށް ގޮސްފި ނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން އީސީން ވަނީ ނިންމާފަ އެވެ.

ނަމަވެސް ގާނޫނީ ގޮތުން އޮންނަ ތާރީހުތަކަށް ބަދަލުތަކެއް އަތުވެއްޖެ ނަމަ އިންތިހާބު ބާއްވާ ތާރީހުތައް ވެސް ބަދަލުވުން އެކަށީގެންވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.