Roadha Mihaaru
ޕޯޓަލްގެ ހިދުމަތްތައް މެދުކެނޑުނަސް ލައިސަންސް ދޫކުރާނެ

އީ-ޕޯޓަލްގެ ހިދުމަތްތައް މެދުކެނޑުނަސް ލައިސަންސް ދޫކުރާނެ: ޓްރާންސްޕޯޓް

15 ފެބުރުއަރީ 2023

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޕޯޓަލްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ސިމްސް ޕޯޓަލް މެދުވެރިކޮށް ޑްރައިވިން ލައިސަންސަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޕޯޓަލްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ސިމްސް ޕޯޓަލް މެދުވެރިކޮށް ޑްރައިވިން ލައިސަންސަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެހެންވެ ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ އީ-ޕޯޓަލްގެ ހިދުމަތް، މާދަމާ މެންދުރުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު އަށެއް ޖެހުމާ ހަމައަށް މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ.

މިނިސްޓްރީން ބުނީ ސިމްސް ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެދެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހް ވިދާޅުވީ އަލަށް ލައިސަންސް ނެގުމުގެ ކަންކަން ކުރަން ބޭނުން ނަމަވެސް އެކަން ޑްރައިވިން ސްކޫލުތަކުން ކުރެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަލަށް ބޭނުންކުރަން ފެށި ސޮފްޓްވެއާއަށް ބަދަލުވުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ލައިސަންސަށް އެދުނު ފުރަތަމަ ބެޗު އަލަށް ތިއަރީ ޓެސްޓު މިއަދު ވަނީ ހަދައިފަ އެވެ.