02 ޖެނުއަރީ 2020
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ހަދަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ހަދަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވީ ލައިސަންސް ނަގަން އެޕްލައި ކުރެވޭނީ ތަމްރީނު ހެދުމަށް ފަހުގައި ކަމަށާއި އެގޮތަށް ނިންމީ ދަތުރުފަތުރަށް މީހުން އަހުލުވެރިކޮށް، އެކްސިޑެންޓްތައް މަދުކުރުުގެ މަގުސަދުގައި ކަމަށެވެ.
"އެގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ނަގާ އިރު، އަލަށް ލައިސަންސް ނަގާ ފަރާތްތެއް ވެއްޖެއްޔާ، މި ދެންނެވީ ރައްްކާތެރިވުމުގެ ގޮތުން، ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ވާނީ (ޓްރާންސްޕޯޓް) މިނިސްޓްރީން ނޫނީ، މިނިސްޓްރީން ކަނޑައަޅާ ފަރާތެއް، ނޫނީ ޕޮލިހުން އެ ހިންގާ ތަމްރީނަކަށް ފަހު ލައިސަންސް އަށް އެޕްލައިކުރެވޭ ގޮތަށް،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ތަމްރީނެއް ހަދަން ޖެހުމަކީ ރައްކާތެރިކަމާ މެދުު ވިސްނަން، މީހުންނަށް މަޖުބޫރުވާނެ ކަމެއް ކަމަށާއި އެއީ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެއްގަމު ދަތުރުފަތުރާ ގުޅޭ ގޮތުން މި އަހަރު ކުރަން ނިންމާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ މަގުމަތީގެ އާ ސައިންބޯޑްތައް ވެސް މި އަހަރު ތައާރަފްކުރާނެ ކަމަށެވެ. ބޯޑްތައް ތައާރަފްކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަން އަދި ހާއްްސަކޮށް ބްރިޖާއި ލިންކްރޯޑް ސަރަހައްދުގެ ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ.
މެޝިނަރީ އަށް ރީޑް ކުރެވޭ ފަދަ، އަދި ފަސޭހަ އިން ހަނދާން ބެހެއްޓޭ ފަދަ ސިފަތަކާ އެކު އާ ނަމްބަރު ޕްލޭޓެއް ވެސް މި އަހަރު ތައާރަފްކުރަން ނިންމާފައިވާ ކަަމަށާއި އެކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި ދެންނެވީ ޓްރެކްކުރެވުން ނުވަތަ، ސައިކަލެއް އެއްޗެއް ގެއްލުނަސް ހޯދަން ވެސް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޕޯޓަލްގެ ހިދުމަތްތައް މެދުކެނޑުނަސް ލައިސަންސް ދޫކުރާނެ
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ގޯސްކޮށް ޕާކްކުރުމުން ލައިސަންސް ބާތިލްވާ ގޮތް ހަދައިފި
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ
ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާނެ
ޑްރައިވިން ލައިސަންސް ޓެސްޓުތައް މެދުކަނޑާލައިފި
ލައިސަންސް ނުހެދި ޖޫރިމަނާކުރާތީ ހިތްހަމަނުޖެހިއްޖެ