27 ސެޕްޓެމްބަރ 2023
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ މީހުން މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ބުނީ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެވޭނީ މިނިސްޓްރީން ދޫކޮށްފައިވާ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ މީހުންނަށް ކަމަށެވެ. އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ދޫކުރާނީ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން މިނިސްޓްރީން ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާ މީހުންނަށް ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ދޫކުރާ "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" އަކީ އދ. ގެ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވެސް ބުނެފައިވެ އެވެ. ރާއްޖޭގެ ލައިސަންސް އެހެން ގައުމުތަކުގައި ބޭނުންކުރެވޭ ގޮތް ހަދަން ބައެއް ގައުމުތަކާ އެކު މަޝްވަރާ ވެސް ކުރި އެވެ.
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
ލައިސަންސްގެ މުއްދަތު ހަމަވިޔަސް މި މަހު ދުއްވޭނެ
އާދީއްތައިން ފެށިގެން ބޭނުންކުރާނީ ޑިޖިޓަލް ލައިސަންސް
ދިވެހިންނާ ކައިވެނި ކުރުމުން ދާއިމީ ލައިސަންސް
ލައިސަންސް ނަގާއިރު ވަގުތު ހަމަކުރަން ދުއްވާކަން ނުޖެހޭ
ޑްރައިވިން ސްކޫލްގެ ގަވައިދަށް އިސްލާހުތަކެއް ގެންނަނީ
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ