12 އެޕްރީލް 2022
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ކުރިން، ޑްރައިވިން ސްކޫލެއްގައި ވަކި ގަޑިތަކެއް ހަމަވަންދެން ދުއްވަން ދަސްކުރަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ކުރިން، ޑްރައިވިން ސްކޫލެއްގައި ވަކި ގަޑިތަކެއް ހަމަވަންދެން ދުއްވަން ދަސްކުރަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު އާއްމުކުރި "ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައި" އޮތް ގޮތުން ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ޖެހޭނެ އެވެ.
މިގޮތަށް އޮތުމުން ޑްރައިވިން ސްކޫލް ނެތް ރަށްރަށުން ލައިސަންސް ނަގަން އުނދަގޫވެ، ލައިސަންސް ނަގަން ބޮޑު ހަރަދު ކޮށްގެން މާލެއަށް އަންނަން ޖެހުމުގެ ކަންބޮޑުވުން އާންމުންގެ ފަރާތުން ފާޅުކުރި އެވެ.
އެކަމަކު، މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު އާއްމުކުރި އުސޫލުގައި ވަނީ އެ މާއްދާތައް ބާތިލްކޮށްފަ އެވެ. އަދި ޑްރައިވިން ސްކޫލަކާ ނުގުޅުނަސް އަމިއްލަ މީހުންނަށް ވެސް ޑްރައިވިން އިންސްޓްރަކްޓަރުންނަށް ވެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވެ އެވެ.
ކުރީގެ ގަވައިދުގައި އޮތީ ލައިސަންސަށް އެދުމުގެ ކުރިން ވަކި ވަގުތެއް ވަންދެން ޑްރައިވިން ސްކޫލެއްގައި ދުއްވަންޖެހޭނެ ކަމަށެވެ. އަދި ދަސްކުރާ މީހުން އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޮތެވެ.
ނަމަވެސް އެ މާއްދާތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ، ކުރީގައި އޮންނަ ގޮތަށް އަމިއްލައަށް ވެސް ލައިސަންސް ނަގަން ހުށަހެޅޭނެ އެވެ.
ލައިސަންސް ނެގުމަށް ދުއްވަން ދަސްކޮށްދިނުމުގެ ހުއްދަ މީގެ ކުރިން ދީފައިވަނީ ޑްރައިވިން ސްކޫލުތަކަށް އެކަންޏެވެ. އެކަމަކު، ގެނައި ބަދަލުގެ ދަށުން އާއްމުންނަށް ވެސް ވަކި ޓެސްޓެއް ހަދައިގެން އިންސްޓްރަކްޓަރުންނަށް ވެވޭނެ އެވެ.
އާއްމު އިންސްޓްރަކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި 18-60 އަހަރު ވުމާއި އެއް އަހަރުގެ ތެރޭގައި ލައިސެންސް ހިފަހައްޓާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. ޑްރައިވިން ސްކޫލުގެ އިންސްޓްރަކްޓަރުންނަށް ލައިސެންސް ދެނީ ތިން އަހަރަށެވެ. އެކަމަކު އާއްމު އިންސްޓްރަކްޓަރުންނަށް ލައިސެންސް ދެނީ ތިން މަސް ދުވަހަށެވެ.
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުޅުވާލައިފި
ލައިސަންސްގެ މުއްދަތު ހަމަވިޔަސް މި މަހު ދުއްވޭނެ
އާދީއްތައިން ފެށިގެން ބޭނުންކުރާނީ ޑިޖިޓަލް ލައިސަންސް
ދިވެހިންނާ ކައިވެނި ކުރުމުން ދާއިމީ ލައިސަންސް
ޑްރައިވިން ސްކޫލްގެ ގަވައިދަށް އިސްލާހުތަކެއް ގެންނަނީ
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ