03 ފެބުރުއަރީ 2023
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލް ޑްރައިވިން ލައިސަންސް ބޭނުންކުރަން ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލް ޑްރައިވިން ލައިސަންސް ބޭނުންކުރަން ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ބުނީ އެ އިދާރާއިން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގުސަދުގައި އަލަށް ފަރުމާކުރެވުނު ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެ ހިދުމަތް ފެށުމާއެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ" އިން ފެންނަ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސް އަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބައްލައިގަންނާނެ ކަމަށް ވެސް ބުންޏެވެ.
ޕޮލިސް އެޕްލިކޭޝަން އިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއް ނަމަ އެއީ ސައްހަ ލައިސެންސް ކަމުގައި ފުލުހުން ބަލައިގަތުމަށް މިނިސްޓްރީން އަންގަފާއިވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ސިނަމާލެ ބްރިޖު މަތިން ވެހިކަލް ދުއްވަނީ: އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލް ޑްރައިވިން ލައިސަންސް ބޭނުންކުރަން ފަށާނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"މި ބަދަލާ ގުޅިގެން މިހާރު ޕްރިންޓިންއަށް ކުރަމުން ގެންދާ ހޭދަ ކުޑަވާނެ އެވެ. ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހިކޮށް ދެވޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއާއަށް ބަދަލުވުގެ މަސައްކަތް ކުރުމަށް، ޑްރައިވިން ލައިންސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލައިފަ އެވެ.
އަލަށް ތައާރަފުކުރާ މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި އެހެން ހިދުމަތްތައް ވެސް ޑިޖިޓަލްކޮށް ކުރެވޭނެ އެވެ. އަދި ލައިސަންސް ދޫކުރާނީ ވެސް ޑިޖިޓަލްކޮށެވެ.
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުޅުވާލައިފި
ލައިސަންސްގެ މުއްދަތު ހަމަވިޔަސް މި މަހު ދުއްވޭނެ
ދިވެހިންނާ ކައިވެނި ކުރުމުން ދާއިމީ ލައިސަންސް
ލައިސަންސް ނަގާއިރު ވަގުތު ހަމަކުރަން ދުއްވާކަން ނުޖެހޭ
ޑްރައިވިން ސްކޫލްގެ ގަވައިދަށް އިސްލާހުތަކެއް ގެންނަނީ
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ