Roadha Mihaaru
އަމީނިއްޔާގެ ސްމާޓް އިނޮވޭޝަން ފެއާ ފަށައިފި

253 ކުދިންނާއެކު، އަމީނިއްޔާގެ ސްމާޓް އިނޮވޭޝަން ފެއާ ފަށައިފި

12 ފެބުރުއަރީ 2023

އަމީނިއްޔާ ސްކޫލްގެ ސައިންސް ފެއާ މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަމީނިއްޔާ ސްކޫލްގެ ސައިންސް ފެއާ މިއަދު ފަށައިފި އެވެ.

އެ ސްކޫލުގައި ސައިންސާއި ބިޒްނަސް ކިޔަވަމުން އަންނަ ކުދިންނަށް އަމާޒުކޮށްގެން، "ސްމާޓް އިނޮވޭޝަން 2023" ގެ ނަމުގައި ފެށި ސައިންސް ފެއާގައި އެ ދެ މޮޑިއުލްގެ އެކި މާއްދާތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓް ހަދައި، އެ ތަކެއްޗާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މިއަދާއި މާދަމާ ބާއްވާ އެ ފެއާގެ މާދަމާގެ ސެޝަން އޮންނާނީ ހެނދުނު 11 އިން މެންދުރު 1 އަށެވެ.

އަމީނިޔާ ފެއާގައި ބައިވެރިވި ދަރިވަރުންގެ ބައެއް އުފެއްދުންތައް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ \ މިހާރު

އަމީނިޔާ ފެއާގައި ބައިވެރިވި ދަރިވަރުންގެ ބައެއް އުފެއްދުންތައް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ \ މިހާރު

އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "މިހާރު" އަށް ވިދާޅުވީ އެފަދަ ފެއާއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުދިން ކަންކަމާ މެދު ވިސްނައި ފިކުރުކުރާ ގޮތް ފުޅާކުރުން ކަމަށެވެ.

"ދަރިވަރުން އަމިއްލަ އަށް ކަންކަން ހޯދާ ބަލައި، އެ ކަންކަމާ މެދު ފިކުރުކޮށް، އަމިއްލަ ވިސްނުން އެފަދަ ކަންކަމުގައި ގެންގުޅޭނެ ގޮތް ދެނެގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފެއާގައި ބައިވެރިވި ދަރިވަރުންތަކެއް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓް ކައިރީ ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ \ މިހާރު

ފެއާގައި ބައިވެރިވި ދަރިވަރުންތަކެއް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓް ކައިރީ ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ \ މިހާރު

އެ ފެއާގައި ބައިވެރިވެފައި ވަނީ ކީސްޓޭޖް ދޭއް އަދި ތިނަކުން 253 ކުއްޖެކެވެ.