11 ފެބުރުއަރީ 2023
ޝައިހް އަލީ ޒައިދު ކޮމްޕޯޒްކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަޝްހޫރު ބައެއް ވޯކަލިސްޓުންނާ އެކު ފުރަތަމަ ފަހަރަށް ތާރައިގެ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.
ޝައިހް އަލީ ޒައިދު ކޮމްޕޯޒްކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަޝްހޫރު ބައެއް ވޯކަލިސްޓުންނާ އެކު ފުރަތަމަ ފަހަރަށް ތާރައިގެ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.
"ކައިވެނި" ގެ ނަންދީފައިވާ އެ އަލްބަމްގައި ހިމެނެނީ ހަމައެކަނި ވޯކަލް އާއި ތާރައިގެ ރާގުތައް ހިމެނޭ 16 މަދަހަ އެވެ.
ޒައިދު "މިހާރު" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެ އަލްބަމް ނެރުމުގެ މަގްސަދަކީ އިސްލާމީ ނަޒަރިއްޔާތަކުން ކައިވެނީގެ ހަފްލާތައް ފަޅުފިލުވައިދިުން ކަމަށެވެ.
"ކައިވެނީގެ މުގައްދަސް ގުޅުމުގެ ވާހަކަ އާއި ކައިވެނީގައި ދިމާވާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން ވަރިއާ ހަމައަށް ނުދިއުމާއި، ކައިވެނީގެ މަތީ ސާބިތުވެ ތިބުމަށް ނަސޭހަތް ދޭ ފަދަ ޅެންތައް ހިމެނޭ. އަދި ކައިވެނި ކުރާ ދެމީހުންނަށް މަރުހަބާ ކިޔާ ޅެންތައް ވެސް ހިމެެނޭނެ،" ޒައިދު ވިދާޅުވި އެވެ.
ޒައިދް ވިދާޅުވި ގޮތުގައި، ތާރައަކީ އިސްލާމް ދީނުގެ ޝަރުއީ ހަދީސުން ސާބިތުވާ ހުއްދަ އެއްޗެއް ކަމަށާއި މިއުޒިކަލް އިންސްޓްރޫމެންޓްތަކުގެ ތެރެއިން ހަމައެކަނި ހުއްދަ ކަމަށް އިލްމުވެރިންގެ އިއްތިފާގުވާ އިންސްޓްރޫމަންޓެވެ.
"މިއުޒިކް ހަރާމޭ ބުނާ އިލްމުވެރިންގެ ވެސް ތާރައާ މެދު އެއްވެސް ހިލާފެއް ނެތް. ރަސޫލު ޒަމާނުގައި ވެސް ތާރަ ޖަހައި އުޅުނުކަން އެބައޮތް އެނގެން،" ޒައިދް ވިދާޅުވި އެވެ.
"އަލް-ކައޫން" އަދި "ޓޮނިކް ލައިވް ސްޓޫޑިއޯ" ގުޅިގެން އުފައްދާފައިވާ މި އަލްބަމްގެ ހުރިހާ މަދަހައެއް ކޮމްޕޯޒްކުރެއްވީ ޒައިދު އެވެ. އަދި މާސްޓަރިންގެ މަސައްކަތް ކޮށްފައި ވަނީ "ޓޮނިކް ލައިވް ސްޓޫޑިއޯ" އިންނެވެ.
އެ އަލްބަމްގެ ލަވަތައް ކިޔާފައިވަނީ ޒައިދްގެ އިތުރުން، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން 12 ވޯކަލިސްޓުންނެވެ.
މި އަލްބަމްގެ މަސައްކަތް ކުރަމުން އަންނަތާ ހަތަރު އަހަރު ވެދާނެ ކަމަށާއި، ކޮވިޑްގެ ބަލިމަޑުކަމާއި އިތުރު އެހެން ބައެއް ކަންކަމާ ހެދި މަސައްކަތް ލަސްވީ ކަމަށް ޒައިދް ވިދާޅުވި އެވެ.
އަލްބަމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ، ޒައިދް ވިދާޅުވި ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ. އަދި ރިލީޒްކުރާނެ ޕްލެޓްފޯމެއް ކަނޑަނޭޅިޔަސް، މަސައްކަތް ކުރަމުން އަންނަނީ ޔޫޓިއުބް ފަދަ އާންމުންނަށް ފަސޭހައިން ލިބޭނެ ފަދަ ޕްލެޓްފޯމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
"ކައިވެނި" ރިޒީލްކޮށްފި؛ ހިމެނެނީ ނަސޭހަތާއި އިރުޝާދު
ޓޯއީގެ އާ އަލްބަމް ސިމްބޮލިކްގެ ލަވަތަކާ ތަފާތުކޮށް
އަނިޔާ: ޝިއާއުގެ ހަނދާނުގައި އަލްބަމެއް
އުނޫޝާގެ ނާނާ އަލްބަމް "އުދުހިލާ" ރިލީޒްކޮށްފި
ޖިންގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ގެނެސްދެނީ
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ދިވެހި ލަވައެއްގައި މަލިކުގެ ފަންނާނުން
ޓޭލާ ސްވިފްޓްގެ އާ އަލްބަމް އެޕްރީލް 19 ގައި