10 ފެބުރުއަރީ 2023
ފަނޑިޔާރުންގެ އިނާޔަތްތައް މުރާޖައާކުރުމާއި އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް މިނިވަން ކޮމިޝަނެއް އޮންނަން ޖެހޭ ކަމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ފަނޑިޔާރުންގެ އިނާޔަތްތައް މުރާޖައާކުރުމާއި އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް މިނިވަން ކޮމިޝަނެއް އޮންނަން ޖެހޭ ކަމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގައި ފަނޑިޔާރުން ވިދާޅުވި ގޮތުގައި ފަނޑިޔާރުގެއަކީ ނުފޫޒުން އެއްކިބާވެގެންވާ މިނިވަން މުސްތަގިއްލު ތަނަކަށް ވުމުގެ އިތުރުން އެތަނަކީ ނުފޫޒުން އެއްކިބާވެ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި މުޖުތަމައަށް ވެސް ފެންނަން ޖެހޭ ކަމަށެވެ. އެ އަސާސީ ސިފަ ފެންނާނީ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާއި ފަނޑިޔާރުގެ ވަކިވެފައި އޮތުމުން ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ޖަމިއްޔާ އިން ބުންޏެވެ.
މިހާރު އޮންނަ ގޮތުން ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ މަޖިލީހުންނެވެ. އެހެންވެ އެކަންކަމަށް ހާއްސަކޮށް މިނިވަން ކޮމިޝަނެއް އޮންނަން ޖެހޭ ކަމަށް ފަނޑިޔާރުން ދެކެވަޑައިގަންނަވަ އެވެ.
އެ ބައްދަލުވުމުގައި ފަނޑިޔާރުން ވަނީ އެތަނަކީ ދައުލަތުގެ އެއް ބާރުކަމުގައި ވިޔަސް ފަނޑިޔާރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު މިހާރު އޮތީ މަޖިލީހަށް ކަމަށާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް އަނެއް ބާރުގެ އަތް ފޯރުވުމުގެ ބޭނުމަކީ "ޗެކް އެންޑް ބެލެންސް" ނިޒާމެެއް ގާއިމުކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭގެ މާނައަކީ މުސްތަގިއްލު ޝަރުއީ ދާއިރާގެ މައްޗަށް ނާޒާއިޒު ބާރު ފޯރުވައި، ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ހުރަސް އެޅުން ނޫން ކަމަށް ވެސް ޖަމިއްޔާ އިން ބުނެ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ބައްދަލުވުން: ފާއިތުވި 12 ވަރަކަށް އަހަރުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާ ކޮށްފައެއް ނުވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ޖަމިއްޔާ އިން ބުނީ ފަނޑިޔާރުގޭގެ މިނިވަންކަން ހިމާޔަތްކުރެވޭނެ އެއް ގޮތަކީ ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރަ އާއި އިނާޔަތްތަކެއް ކަށަވަރުކުރެވިފައި އޮތުން ކަމަށާއި އޭގެ ތެރޭގައި ޝަރުއީ ދާއިރާއަށް އެކަށީގެންވާ ވަސީލަތްތައް ހަމަޖެހި، މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ލިބިފައި އޮންނަން ޖެހޭ ކަމަށެވެ.
"އެކަށީގެންވާ މުސާރައެއް ލިބުމަކީ ފަނޑިޔާރުންގެ ނިންމުންތަކަށް އަދި ސުލޫކަށް ނުފޫޒު ފޯރުވުމަށް އަމާޒުކޮށް، ކުރިމަތިވެދާނެ، ކޮރަޕްޓިވް އަމަލުތަކާއި ޕްރެޝަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ،" އަހަރީ ބައްދަލުވުމާ ގުޅޭ ރިޕޯޓުގައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރަ އާއި އިނާޔަތްތައް ލިބުމަކީ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގޮތުން މުޅި ދުނިޔެ ބަލައިގަންނަ އަސާސެއް ކަމަށެވެ. އެކަމަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ދައުލަތަށް ލާޒިމުކޮށްފައިވާ ކަމެެއް ނަމަވެސް ފާއިތުވި 12 ވަރަކަށް އަހަރުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާ ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ބައްދަލުވުމުގައި ފަނޑިޔާރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފަނޑިޔާރުންގެ ޝަކުވާއަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގު އަހަރުން އަހަރަށް ބޮޑުވުމާއި ކުލި ބޮޑުވަމުންދިޔަ ނަމަވެސް އެ ބަދަލުތަކާ އެއްހަމައަކުން މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނައުމެވެ. އެހެންވެ، އެކަމަކީ ދައުލަތުގެ އިދާރާތަކުން މިހާރުން މިހާރަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް ބުންޏެވެ.
އަދި ވަކި މުއްދަތެެއްގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކުރުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ލާޒިމުކޮށް ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވެސް ފަނޑިޔާރުން ދެކެވަޑައިގަންނަވަ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒްނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ޖަމިއްޔާ އިން ބުނީ ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސައި ނުދީ އެތައް އަހަރެއް ހޭދަވާން ދޫކޮށްލާ ނަމަ، އެކަމަކީ ފަނޑިޔާރުގޭގެ މުސްތަގިއްލުކަމަށް ލޮޅުން އަރަން ފުރުސަތުދީ ފަނޑިޔާރުން ނަޒާހާތްތެރިކަމުންއެއްކިބާވާން މަގުފަހިކޮށްދިނުން ކަމަށެވެ.
"ނިޒާމުގެ ފައިދާ ލިބޭނީ ވަސީލަތްތައް ލިބިގެން"
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ފަނޑިޔާރު ސުއޫދު
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް: ފާއިޒް
ލޮބީކުރުމުގެ ނަތީޖާ ޖުޑިޝަރީގައި ރަނގަޅު: ސުއޫދު
ކޯޓުތައް މިހާރު މިނިވަން، އިތުބާރު އެބަލިބޭ: ރައީސް
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން