Roadha Mihaaru
އެހީވާން ޑރ. މުހައްމަދު އަލީ ތުރުކީ އަށް

ބިން ހެލުމުގައި ޒަހަމްވި މީހުންނަށް ފަރުވާދޭން ޑރ. މުހައްމަދު އަލީ ތުރުކީއަށް

10 ފެބުރުއަރީ 2023

ބިން ހެލުމުގައި ތުރުކީގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް، ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިން ހެލުމުގައި ތުރުކީގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް، ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އެރި ބާރުގަދަ ބިން ހެލުމުގައި އެ ދެ ގައުމުން 20،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ތުރުކީން އެކަނި ވެސް 50،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އިމާރާތްތަކުގައި ދަށުވުމުން އެކި ޒަހަމްތައް ލިބިފަ އެވެ.

އަނިޔާވި މީހުންނަށާއި ހާލުގައި ޖެހުނު މީހުންނަށް ދުނިޔޭޔެ އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ދެމުންނެވެ.

ޑރ. މުހައްމަދު އަލީ ތުރުކީއަށް ވަޑައިގެންނެވީ، ބޭރުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެންނެވެ. ނަމަވެސް، އެ ތަނުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާނެ މުއްދަތެއް އަދި ނޭނގެ އެވެ.

ފުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމަކަށް ވިޔަސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަމަށެވެ

އަމިއްލަ ވަޒަނެއް ނެތް ރޮހިންޖާ މުސްލިމުން އުޅޭ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ވެސް ޑރ. މުހައްމަދު އަލީ ވަނީ އައިއޭސީއާއެކު މިދިޔަ އޮކްޓޯބަރު މަހު މެޑިކަލް ކޭމްޕެއް ހިންގައިފަ އެވެ.