ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ ހުޅުވައިފި އެވެ.
15 އެޕްރީލް 2025
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ ހުޅުވައިފި އެވެ.
ތުރުކީގެ ވެރިރަށް، އަންކާރާގައި އަލަށް ގާއިމްކުރި އެމްބަސީ ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަތް ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމްބަސީއެއް ގާއިމްކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެ ކަމާއި އެ އެމްބަސީ ވާނީ، ދެ ގައުމުގެ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި އިގުތިސާދީ ކުރިއެރުމާއި ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ބޮޑު ކަމަށެވެ.
ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެމްބަސީއެއްގެ މުހިންމުކަން ހަލީލް ފާހަގަކުރެއްވި އެވެ.
ތުރުކީގެ މިނިސްޓަރު ވިދާޅުވީ ދެ ގައުމު، ޓޫރިޒަމާއި ސަގާފަތާއި އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގީވެފައިވާކަމަށެވެ.
ރާއްޖެ އާއި ތުރުކީން ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 46 އަހަރު ކުރިން މެއި 28، 1979 ގަ އެވެ.
މަޝްވަރާ އިސްކުރަން ހަލީލް ބާރުއަޅުއްވައިފި
އަބްދުއްރަހީމް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމަށް ރާއްޖެ
ރާއްޖެ-އިންޑިއާ ގުރޫޕުގެ 2ވަނަ ބައްދަލުވުން ބާއްވައިފި
ކޯ-ގްރޫޕްގެ ދެވަނަ ބައްދަލުވުމަށް ހަލީލް އިންޑިއާއަށް
ކުވޭތު އާއެކު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
"ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނުނެރޭ"
މޯލްޓާ އާއެކު އިންވެސްޓުމަންޓު، ވިޔަފާރި ފުޅާކުރަނީ
ފޮރިން މިނިސްޓަރު ހަލީލް މޯލްޓާ އަށް
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް