09 ޖޫން 2016
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް ވެލެންސިއާ އާއި ވިކްޓަރީގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް ވެލެންސިއާ އާއި ވިކްޓަރީގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.
މި މުބާރާތުގައި މި ފަހަރު ހަތް ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ވެލެންސިއާ، ވިކްޓަރީ، ބީޖީ ސްޕޯޓްސް، ނިއު ރޭޑިއަންޓް، މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ސިފައިންގެ ކްލަބެވެ.
ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ގްރޫޕް ބީގައި ތިން ޓީމެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕް އޭގެ ތިން ޓީމާއި ގްރޫޕް ބީގެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އޭގެ ހަތަރު ވަނަ އާއި ގްރޫޕް ބީގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
ދެ ވަނަ ބުރުގައި ކުޅޭނީ ވެސް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ބުރުން ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ތިން ވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ފުރަތަމަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ ނިއު ރޭޑިއަންޓްގެ އިތުރުން ސޮކަ ވެޓެރަންސް އެސޯސިއޭޝަނެވެ.
ވިކްޓަރީ ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް
ވިކްޓްރީގެ ކުރީގެ ތަރިން ހުޅުމާލެ މޮޅުކޮށްދީފި
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
ވިކްޓަރީ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި
ވިކްޓަރީ-އޭދަފުށި މެޗުން ވެޓެރަންސް މުބާރާތް ފަށަނީ
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި