07 އެޕްރީލް 2023
ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ތަރިންގެ ގޯލުތަކުން 4-0 އިން ސްޓެލްކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ސްޕޯޓްސް އިން މިއަހަރުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ތަރިންގެ ގޯލުތަކުން 4-0 އިން ސްޓެލްކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ސްޕޯޓްސް އިން މިއަހަރުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ގައި އިއްޔެ ހަވީރު ކުޅުނު ވެޓްރަންސް މުބާރާތުގެ މެޗުގައި ޖެހި ހަތަރު ގޯލު ވެސް ހުޅުމާލޭ ވެޓެރަންސް ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ އެޓީމަށް ލީޑު ނަގައިދިނީ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. އަދި ސްޓެލްކޯ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބެ) އެވެ.
އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. އޭނާގެ ބޮލުން މި ލަނޑު ޖެހީ ޝިމާޒް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޯޅަ ޖަމީލް ބޮލުން ގޯލު ކުރިމައްޗަށް ދިނުމުންނެވެ. އަދި އިސްމާއިލް ދިން ބޯޅައެއްގައި ކީޕަރު ކައިރިން ނައްޓާފައި އެޓީމުގެ ފަހު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޖަމީލް އެވެ.
ޖަމީލް، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު.-- ފޮޓޯ: އެފްއޭއެމް
ޖަމީލް، 47، އާއި އިސްމާއިލް، 43، އަދި ޝިމާޒް، 40، އަކީ ވެސް ވިކްޓަރީ ގައި އެޓީމާ އެކު މުހިއްމު ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިންނެވެ. އިސްމާއިލް އާއި ޖަމީލް އަކީ ރާއްޖޭގެ ގައުމީ ޓީމާ އެކު 2008 ގެ ސާފް ޗެމްޕިއަންޝިޕް ނެގި ޓީމުގެ މުހިއްމު ކުޅުންތެރިންތަކެކެވެ.
ޖަމީލް ކުޅުން ހުއްޓާލީ 2013 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. އިސްމާއިލް ކެރިއަރު ނިންމާލީ 2017 ވަނަ އަހަރު ވިކްޓަރީ އިންނެވެ. އަދި ޝިމާޒް ފުރަތަމަ ޑިވިޝަން ގައި ކުޅުން ހުއްޓާލީ 2019/2020 ސީޒަން ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެފަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ 2020 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކްލަބުންނެވެ.
ވިކްޓަރީގެ ވެޓެރަންސް ޓީމު މި އަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ. ހުޅުމާލޭ ވެޓެރަންސް ކުޅުނު ފުރަތަމަ މެޗު ނިމުނީ ދިވެހި ސިފައިންގެ ކްލަބާ އެކު 1-1 އިން އެއްވަރު ވެގެންނެވެ. އަދި ސްޓެލްކޯ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަމަ މި ނަތީޖާއިން އެއްވަރު ކޮށްފަ އެވެ.
ހުޅުމާލެ ވެޓެރަންސް ހަތަރު ޕޮއިންޓާ އެކު ގުރޫޕް ބީގެ ޓޭބަލް ލީޑު ކުރާއިރު ސްޓެލްކޯ އާއި ސިފައިންގެ ކްލަބް އަދި ނިއު ރޭޑިއަންޓަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގުރޫޕުން ދެ ޓީމެއް ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގުރޫޕް ސީ ގެ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ވިކްޓަރީ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި
ވިކްޓަރީ-އޭދަފުށި މެޗުން ވެޓެރަންސް މުބާރާތް ފަށަނީ
ވިކްޓަރީ ބަލިކޮށް ޕޮލިސް ދެ ވަނަ ބުރަށް
ދެ ވަނަ ބުރުގެ ފަހު ޖާގަ ނިއު އަށް
ދެ ވަނަ ބުރުގެ ފަހު ޖާގަ ޔުނައިޓެޑް ވިކްޓަރީ އަށް
ނިއު-ބީޖީ ދެ ވަނަ ބުރަށް، ވިކްޓަރީ ޕްލޭ އޮފަށް
ވިކްޓަރީ އަތުން ނިއު އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް
ވެޓްރަންސް ކަޕް ހުޅުވައިދޭނީ ވެލެންސިއާ-ވިކްޓަރީ
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!