15 ޖޫން 2016
ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް އަތުން 3-2 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް އަތުން 3-2 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ކުޅޭ މި މުބާރާތުގައި ވިކްޓަރީ އާއި ނިއު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗުން މޮޅުވެ ނިއު ވަނީ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.
މިއަދު ހަވީރު ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ވިކްޓަރީންނެވެ. މެޗްގެ 15 ވަނަ ލިބުނު ޕެނަލްޓީއަކުން ވިކްޓަރީ ލަނޑު ކާމިޔާބު ކުރީ މުޙައްމަދު ނަޒީހު އެވެ. އޭގެ އިރުކޮޅެއް ފަހުން ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ޝަމީމު (ކޮޔަރު އައްޔަ) އެވެ. ހާފް ނިމުމުގެ ކުރިން ނިއު އަށް ލީޑު ނަގައިދިނީ މުހައްމަދު ޒިޔާދު އެވެ.
ދެ ވަނަ ހާފްގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) އެވެ. ވިކްޓަރީގެ ދެ ވަނަ ލަނޑު ޖެހީ އަލީ ހަލީމެވެ. މި މެޗުގެ ފަހު ވަގުތު ނިއުގެ އަލީ ޝަރީފަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ޒިޔާދެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ ނިއުގެ ޝާހު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ޔުނައިޓަޑް ވިކްޓަރީއާ އެވެ. ސިފައިން ވަނީ ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވެފަ އެވެ.
ދެ ވަނަ ބުރުގެ ފަހު ޖާގަ ނިއު އަށް
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ