Roadha Mihaaru
ގްރޭމީސް 2023: އެންމެ މޮޅު އަލްބަމް ހެރީ އަށް

ގްރޭމީސް 2023: އެންމެ މޮޅު އަލްބަމްގެ އެވޯޑް ހެރީ ސްޓައިލްސް އަށް

07 ފެބުރުއަރީ 2023

އިއްޔެ ބޭއްވި ގްރޭމީސް އެވޯޑް ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑް، "އަލްބަމް އޮފް ދަ އިޔާ"، ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ހޯދައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިއްޔެ ބޭއްވި ގްރޭމީސް އެވޯޑް ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑް، "އަލްބަމް އޮފް ދަ އިޔާ"، ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ހޯދައިފި އެވެ.

މަޝްހޫރު ބޯއީބޭންޑް، ވަން ޑިރެކްޝަނުން ވިދާލި ހެރީ އަށް އެ އެވޯޑު ލިބުނީ، އޭނާގެ ތިން ވަނަ އަލްބަމް، "ހެރީސް ހައުސް" އަށެވެ. އެ އަލްބަމްގައި ފޭނުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "އެޒް އިޓް ވޯޒް" ލަވަ ވެސް ހިމެނެ އެވެ.

ގްރޭމީ 2023 ހަފްލާގައި ހެރީ އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަނީ

ގްރޭމީ 2023 ހަފްލާގައި ހެރީ އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަނީ

ހެރީ އެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ ތާރީހީ ރެކޯޑުތައް މުގުރާލި، ބިޔޯންސޭ އާއި ބޭޑް ބާނީ އަދި ކުރިން އެ އެވޯޑު ހޯދި އެޑޭލް ފަދަ ވަރުގަދަ އާޓިސްޓުންނާ ވާދަކޮށެވެ.

"އަލްބަމް އޮފް ދަ އިޔާ" އެވޯޑުގެ އިތުރުން "ބެސްޓް ޕޮޕް ވޯކަލް އަލްބަމް" އެވޯޑު ލިބުނީ ވެސް ހެރީއަށެވެ.

ގްރޭމީ 2023 ހަފްލާގައި ބިޔޯންސޭ އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

ގްރޭމީ 2023 ހަފްލާގައި ބިޔޯންސޭ އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

ގްރޭމީސްގައި ނުވަ ނޮމިނޭޝަންގެ ތެރެއިން ހަތަރު އެވޯޑު ކާމިޔާބުކޮށް، ބިޔޯންސޭ ވަނީ އެންމެ ގިނަ ގްރޭމީ އެވޯޑު ހާސިލްކުރި ފަންނާނުގެ ރެކޯޑު މުގުރާލައިފަ އެވެ. އޭގެ ތެރޭގައި، "ބެސްޓް އާރްއެންޑްބީ ސޯންގް"، "ބެސްޓް ޑާންސް/އިލެކްޓްރޯނިކް ރެކޯޑިން"، "ބެސްޓް ޑާންސް/އިލެކްޓްރޯނިކް އަލްބަމް" އަދި "ބެސްޓް ޓްރެޑިޝަނަލް އާރްއެންޑްބީ ޕަފޯމެންސް" އެވޯޑު ހިމެނެ އެވެ.

ގްރޭމީ 2023 ހަފްލާގައި ކެންޑްރިކް ލަމާރް، އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

ގްރޭމީ 2023 ހަފްލާގައި ކެންޑްރިކް ލަމާރް، އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

"ބެސްޓު ރެޕް ސޯންގް" އެވޯޑާއި، "ބެސްޓް ރެޕް ޕަފޯމެންސް" އެވޯޑުގެ އިތުރުން، "ބެސްޓް ރެޕް އަލްބަމް" އެވޯޑް، ރެޕާ ކެންޑްރިކް ލަމާރު ކާމިޔާބު ކުރި އިރު، އެންމެ މޮޅު ލެޓިން އަލްބަމަށް ދޭ "ބެސްޓް މިއުޒިކާ އަރްބާނާ އަލްބަމް" އެވޯޑު ހޯދާފައި ވަނީ ބޭޑް ބަނީ އެވެ. އަދި "ބެސްޓް ޕޮޕް ސޯލޯ ޕާފޯމެންސް" ގެ އެވޯޑު ހޯދީ "އީޒީ އޮން މީ" ލަވައަށް، އެޑޭލް އެވެ.

ގްރޭމީ 2023 ހަފްލާގައި "ބެސްޓް ނިއު އާޓިސްޓް" ސަމާރާ ޖޯއީ އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

ގްރޭމީ 2023 ހަފްލާގައި "ބެސްޓް ނިއު އާޓިސްޓް" ސަމާރާ ޖޯއީ އެވޯޑާ ހަވާލުވުމަށް ފަހު ސްޕީޗު ދެނީ

މި އަހަރުގެ ގްރޭމީސްގައި، އެންމެ މޮޅު ލަވައިގެ އެވޯޑު ބޮނީ ރެއިޓްގެ "ޖަސްޓް ލައިކް ދެޓް" ލަވަ ހޯދިއިރު، "ރެކޯޑް އޮފް ދަ އިޔާ" އެވޯޑު ކާމިޔާބު ކުރީ ލިޒޯގެ "އެބައުޓް ޑޭމް ޓައިމް" އެވެ. އަދި އަލަށް ނިކުމަތް އާޓިސްޓުންގެ ތެރެއިން އެންމެ ރަނގަޅު އާޓިސްޓަށް ދޭ "ބެސްޓް ނިއު އާޓިސްޓު" ގެ އެވޯޑް ހޯދާފައި ވަނީ އެމެރިކާގެ ޖޭޒް ލަވަކިޔުންތެރިޔާ ސަމާރާ ޖޯއީ އެވެ.

ގްރޭމީ އެވޯޑް ހަފްލާގައި ހެރީ ހުށަހަޅައިދިން ލަވައިގެ ތެރެއިން

ގްރޭމީ އެވޯޑް ހަފްލާގައި ހެރީ ހުށަހަޅައިދިން ލަވައިގެ ތެރެއިން

އެމެރިކާގެ ލޯސް އެންޖަލީސްގައި އިއްޔެ ބޭއްވި ގްރޭމީސް 2023 އެވޯޑު ހަފްލާގައި ގިނަ އަދަދެއްގެ އާޓިސްޓުންގެ ކުލަގަދަ ޕާފޯމެންސްތަކެއް ވަނީ ހުށަހަޅައިދީފަ އެވެ.