Roadha Mihaaru
ލަތާ އަށް ޓްރިބިއުޓެއް ނުދޭތީ ފާޑުކިޔުން ބޮޑުވެއްޖެ

އޮސްކާ އާއި ގްރެމީސްގައި ލަތާ އަށް ޓްރިބިއުޓެއް ނުދިނުމުން ފާޑުކިޔުން ބޮޑުވެއްޖެ

05 އެޕްރީލް 2022

އިއްޔެ ބޭއްވި މުއިޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ ކަމަށްވާ، ގްރެމީސްގައި އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އަށް ޓްރިބިއުޓެއް ދީފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވެއްޖެ އެވެ.

އިއްޔެ ބޭއްވި މުއިޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ ކަމަށްވާ، ގްރެމީސްގައި އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އަށް ޓްރިބިއުޓެއް ދީފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވެއްޖެ އެވެ.

އިންޑިއާގެ ރަން އަޑުގެ ގޮތުގައި މަޝްހޫރުވި ލަތާ، އުމުރުން 92 އަހަރުގައި މަރުވީ ކޮވިޑާ އެކު، ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް، މިދިޔަ ފެބްރުއަރީ މަހު ހައެއްގަ އެވެ.

މިދިޔަ މަހު ބޭއްވި އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެވޯޑް ހަފުލާ، ބާފްޓާގައި ލަތާ އަށް ޓްރިބިއުޓެއް ދީފައިވިޔަސް، އެމެރިކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ދެ އެވޯޑް ހަފުލާ ކަމަށްވާ އޮސްކާ އާއި ގްރެމީސްގައި ލަތާގެ ހަނދާން އާކޮށްފައެއް ނުވެ އެވެ.

އޮސްކާ އާއި ގްރެމީސްގައި ކޮންމެ އަހަރަކު ވެސް މުނިފޫހިފިލުވުމުގެ ދާއިރާ އަށް އަނގުހުރި ހިދުމަތްތައް ކޮށްދީފައިވާ މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަނދާންއާކުރުމުގެ ގޮތުން ޓްރިބިއުޓެއް ދެ އެވެ. އެ ޓްރިބިއުޓްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ލެޖެންޑްރީ އާޓިސްޓުން ހިމަނަ އެވެ.

"ގިނަ ބައެއްގެ ލޯބި ލިބުނު އިންޑިއާގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ. އެއީ ވަރަށް ދެރަކޮށްވި ކަމެއް. މި ޝޯތަކުގައި އެމެރިކާ ފިޔަވާ އެހެން ގައުމުތަކުގެ މިއުޒިކް އާޓިސްޓުންނަށް އެއްވެސް އިހުތިރާމެއް ނުކުރޭ،" މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.

ލަތާގެ އިތުރުން އިންޑިއާގެ ޑިސްކޯ މިއުޒިކްގެ ރަސްގެފާނު ބައްޕީ ލެހެރީގެ ހަނދާން ވެސް އާކޮށްފައި ނުވާތީ ފާޑުކިޔެވެ. އުމުރުން 69 އަހަރުގައި ބައްޕީ ލެހެރީ މަރުވީ އިންޑީއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށް މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

މި އަހަރު ގްރެމީސްގައި ޓްރިބިއުޓެއް ދިން އާޓިސްޓުންގެ ތެރޭގައި ހިމެނެނީ މިއުޒިކީ ލެޖެންޑެއް ކަމަށްވާ ސްޓީވެން ސޮންހައިމް، ފޫ ފައިޓާސްގެ ޑްރަމާ ޓެއިލާ ހޯކިންސް، ފެޝަން ޑިޒައިނާ ވާޖިލް އެބްލޯ އަދި އެކްޓަރު ބެޓީ ޑޭވިސް ކަހަލަ މަޝްހޫރު އާޓިސްޓުންނެވެ.