02 ފެބުރުއަރީ 2023
"އިންޑިއަން އައިޑަލް" ސީޒަން 12 ކާމިޔާބުކުރި ޕަވަންދީޕް ރަޖަން އާއި އެ ޝޯގެ ފަސްޓް ރަނާއަޕް އަރުނިތާ ކަންޖިލާލް ރާއްޖޭގައި ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
"އިންޑިއަން އައިޑަލް" ސީޒަން 12 ކާމިޔާބުކުރި ޕަވަންދީޕް ރަޖަން އާއި އެ ޝޯގެ ފަސްޓް ރަނާއަޕް އަރުނިތާ ކަންޖިލާލް ރާއްޖޭގައި ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ގިނަ ފަންނާނުންތަކަކާ އެކު ދާދި އިހަކަށް ދުވަހު ބޭއްވި "ޓުއާނިވަލް" އިންތިޒާމްކުރި ފަރާތުން، "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ އެ ޝޯ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.
ޕަވަންދީޕާއި އަރުނިތާ އަކީ 2021ގެ އިންޑިއަން އައިޑަލް އިން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ، އަދި އޭގެ ފަހުން ވެސް އިންޑިއާގައި މަގުބޫލުކަން ހޯދަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ.
ރާއްޖޭގައި ބާއްވާ "މިއުޒިކަލް އައިޑަލް" ގެ ޕޯސްޓަރެއް
"ޓުއާނިވަލް"ގެ އޮފިޝަލަކު "މިހާރު" އަށް ބުނީ، ޝޯގެ ޓިކެޓް ވިއްކަން އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ. ޓިކެޓްގެ އަގު އެ ފަރާތުން އަދި ހާމައެއް ނުކުރެ އެވެ.
އެ ޝޯގައި އެ ދެ މީހުންނާ އެކު "މޯލްޑިވިއަން އައިޑަލް" ގެ ބައެއް ތަރިން ވެސް ޕާފޯމް ކުރާނެ ކަމަށާއި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ލަވަކިޔުންތެރިން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
"ޓުއާނިވަލް"ގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ގިނަ ފަންނާނުންނާއި ދިވެހި ބައެއް ފަންނާނުންތަކަކާ އެކު ވަނީ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ އިންޑިއާގެ ބައެއް ފަންނާނުންނާ އެކު މިއުޒިކް ޝޯއެއް ބާއްވައިފަ އެވެ.
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
ޝެހްނާޒްގެ ފިލްމު ޕްރިމިއާގައި ދައުވަތެއް ނުލިބޭ
"އާރްއާރްއާރް" ގެ ބަތަލް ރާމް ޗަރަން ރާއްޖޭގައި
ވިޖޭއަށް އިންސްޓައިން މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް
ޝާހްރުކް ފަހާލައި އައިއެމްޑީބީގެ އެއްވަނައަށް ރާޝީ
ޕަވަންދީޕާއި އަރުނީތާ ރާއްޖެ އަތުވެއްޖެ
ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި