27 ޖެނުއަރީ 2023
މެޑްރިޑް (ޖެނުއަރީ 27) - މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން، އިތުރު ވަގުތު ކުޅެގެން 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޑްރިޑް (ޖެނުއަރީ 27) - މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން، އިތުރު ވަގުތު ކުޅެގެން 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި އެތުލެޓިކޯ އިން ވަނީ އަލްވަރޯ މޮރާޓާ ޖަހައިދިން ގޯލުން ލީޑު ނަގައިފަ އެވެ. އެތުލެޓިކޯ އިން މޮޅަށް ޑިފެންސް ކުރި މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް އެއްވަރު ކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޑިފެންޑަރު އެޑާ މިލިޓާއޯ އަށެވެ. ކެޕްޓަން ކަރީމް ބެންޒެމާ ފޮނުވާލި ހިލޭޖެހުން ގޯލު ލައިން މަތިން މިލިޓާއޯ އަށް ބޮލުން ގޯލަށް އަމާޒެއް ނުކޮށްލެވުނެވެ.
ނަތީޖާ އެއްވަރުވީ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް، ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ރޮޑްރިގޯ ޖަހައިދިން މޮޅު ގޯލުންނެވެ.
އެތުލެޓިކޯގެ ޑިފެންޑަރު ސެވިޗް އަށް ރެފްރީ ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަން ދަނީ.-- ފޮޓޯ: އޭއެފްޕީ
އެތުލެޓިކޯގެ ޑިފެންސަށް މައްސަލަ ދިމާވީ އިތުރު ވަގުތުގެ ނުވަވަނަ މިނިޓުގައި ޑިފެންޑަރު ސްޓެފާން ސަވިޗް އަށް ދެވަނަ ރީނދޫކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
ސެވިޗަށް ރަތްކާޑު ދެއްކިތާ ފަސް މިނިޓު ފަހުން ރެއާލަށް މެޗުގައި ލީޑު ހޯދައިދިން ގޯލު ޖަހައިދިނީ އޭރިއާ ތެރޭ ހުސްކޮށް ދޫކޮށްލާފައި ހުރި ބެންޒެމާ އެވެ.
ރެއާލްގެ ތިންވަނަ ލަނޑު، 120 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ މި ލަނޑު ޖެހީ އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ކުރިއަށް އަރައި އޭރިއާ ތެރެއަށް ވަދެ އެވެ. ވިނީޝިއަސް ކުރިއަށް އެރި ވަގުތު ވެސް އެތުލެޓިކޯ އިން ތިބީ އޭނާ އަތުން ބޯޅަ ހޯދަން މާ ބޮޑު މަސައްކަތެއް ނުކޮށް މެޗު ނިންމާލައިގެން ކަހަލަ ގޮތަކަށެވެ.
އެތުލެޓިކޯ ބިލްބާއޯ ވެސް ވަނީ ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެން ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.
ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯގެ އިތުރުން ބާސެލޯނާ އާއި އޮސަސޫނާ ވެސް ވަނީ ސްޕެނިޝް ކަޕުގެ ސެމީ އަށް ދަތުރު ކޮށްފަ އެވެ.
ދެ ލެގަށް ކުޅޭ ސެމީ ފައިނަލް ގެ ގުރުއަތުލުން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި
އަންޗެލޮޓީގެ ތައުރީފް ބަދަލު ކުޅުންތެރިންނަށް
އިދިކޮޅު ޓީމާ މެދު ވެސް އަންޗެލޮޓީ ހިތްހަމަ ޖެހިފައި
ރެއާލާއި ޖިރޯނާ ވެސް ފަހު ވަގުތު ފެންވަރު ދައްކާލައިފި
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ
ނުވަ އަހަރަށް ފަހު ރެއާލުން ސްޕެނިޝް ކަޕް އުފުލާލައިފި
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ލީގު ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑަށް ފަނޑުވެއްޖެ