25 ޖެނުއަރީ 2023
އޮންލައިން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުނި ކިންގްސް ކެޕިޓަލްގެ އެކައުންޓް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
އޮންލައިން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުނި ކިންގްސް ކެޕިޓަލްގެ އެކައުންޓް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ބީއެމްއެލުން މިއަދު ބުނީ، އެ މައްސަލަ އިސްތިއުނާފު ކުރަނީ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ކޯޓުން ރިއާޔަތްކޮށް، އިންސާފުވެރި ނިންމުމެއް ކޯޓުން ނިންމާނެ ކަމަށް އުންމީދު ކުރާތީ ކަމަށެވެ.
ކިންގް ކެޕިޓަލް އިން ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ. ކިންގްސް ކެޕިޓަލުން ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށެވެ. އެކަމަކު އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހުތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާއެއް ނުލިބެ އެވެ.
އެ މައްސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދި ފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓި އެވެ.
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!
ސްކޭމަރުންގެ އާ އުކުޅުތަކަށް ސަމާލުވާން އެދެފި
ސްކޭމަރުންގެ އުނދަގޫ އިތުރުވާތީ ސަމާލުވާން އެދެފި
ސްކޭމް ހުއްޓުވަން ބީއެމްއެލް އިން "ކިލް ސްވިޗް" އެއް
ބީއެމްއެލް އިން "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފި
ދެން ކިއުއާރް ޕޭމަންޓް ހެދޭނީ އޯޓީޕީ ޖަހައިގެން
ސްކޭމް ހިންގައިގެން ވިޔަފާރިކުރާ ދެ މީހަކު ހައްޔަރު
ކިންގްސްގެ އެކައުންޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް
ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް