26 ސެޕްޓެމްބަރ 2023
ސްކޭމަރުންގެ އުނދަގޫތައް އިތުރުވާތީ އެކަމަށް ސަމާލު ވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.
ސްކޭމަރުންގެ އުނދަގޫތައް އިތުރުވާތީ އެކަމަށް ސަމާލު ވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ، އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ ކަމުގެ މައްސަލަތައް އަނެއްކާ ވެސް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެ ބޭންކުން ބުނީ، ސިއްހީ ބޭނުންތަކުގަ އާއި ހަދިޔާއެއް ފޮނުވުމަށް ފަހު ކަސްޓަމްސް ކްލިއަރެންސް ފީގެ ގޮތުގައި ފައިސާ ހޯދަން ފޭސްބުކް މެދުވެރިކޮށް ގުޅަމުންދާ ކަމަށެވެ. އަދި އިސްލާމިކް ބޭންކް ފަދަ ބޭންތަކުގެ ފޭކު ސްލިޕްތައް ބޭނުންކޮށްގެން ފައިސާ ފޮނުވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އޭގެ އިތުުރުން ނަންބަރުތަކުން ގުޅައިގެންނާއި ވައިބާ، ވަޓްސްއެޕް މެދުވެރިކޮށް ވެސް އާންމުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އޭގެ އިތުރުން އޮންލައިން ޓްރޭޑިން ކުރުމަށް ކަމަށް ބުނެ ވެސް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ އެކައުންޓްތަކުން އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް މި އަހަރުގެ ކުރީކޮޅު ފެންމަތިވުމާ ގުޅިގެން ބީއެމްއެލް އިން ވަނީ ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތައް އަޅައިފަ އެވެ. ބީީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް "ކިލް ސްވިޗް" ފީޗާއެއް ތައާރަފް ކުރުމުގެ އިތުރުން ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ވެސް ތައާރަފްކޮށްފައިވެ އެވެ. ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހެދި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!
ސްކޭމަރުންގެ އާ އުކުޅުތަކަށް ސަމާލުވާން އެދެފި
ސްކޭމް ހުއްޓުވަން ބީއެމްއެލް އިން "ކިލް ސްވިޗް" އެއް
ބީއެމްއެލް އިން "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފި
ދެން ކިއުއާރް ޕޭމަންޓް ހެދޭނީ އޯޓީޕީ ޖަހައިގެން
ސްކޭމް ހިންގައިގެން ވިޔަފާރިކުރާ ދެ މީހަކު ހައްޔަރު
އަލްހާންގެ ކުންފުނީގެ މައްސަލަ އިސްތިއުނާފު ކުރަނީ
ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
މައުލޫމާތު ހާމަކުރާ ނަމަ ބީއެމްއެލުން ފިޔަވަޅު އަޅަނީ