08 އޮކްޓޯބަރ 2023
ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދެފި އެވެ.
ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދެފި އެވެ.
ބީއެމްއެލް އިން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދާ ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ފައިސާ ފޮނުވުމަށް މެސެޖުކޮށްފި ނަމަ އެ މުއާމަލާތް ހިންގުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް، އެ މީހާ އާ ގުޅައިގެން އެކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅާ އެކަން ޔަގީންކުރުން،" އޭނާ ވިދާޅުވި އެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވަނީ ކޮން ފަރާތަކަށް ކަން ޔަގީން ކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ދާދި ފަހުން ހުށަހަޅާފައިވާ ކަމަށެވެ.
"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!
ސްކޭމަރުންގެ އުނދަގޫ އިތުރުވާތީ ސަމާލުވާން އެދެފި
ސްކޭމް ހުއްޓުވަން ބީއެމްއެލް އިން "ކިލް ސްވިޗް" އެއް
ބީއެމްއެލް އިން "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފި
ދެން ކިއުއާރް ޕޭމަންޓް ހެދޭނީ އޯޓީޕީ ޖަހައިގެން
ސްކޭމް ހިންގައިގެން ވިޔަފާރިކުރާ ދެ މީހަކު ހައްޔަރު
އަލްހާންގެ ކުންފުނީގެ މައްސަލަ އިސްތިއުނާފު ކުރަނީ
ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
މައުލޫމާތު ހާމަކުރާ ނަމަ ބީއެމްއެލުން ފިޔަވަޅު އަޅަނީ