Roadha Mihaaru
"ރައީސް އުޅެނީ ވަކި ބައެއްގެ މަސްލަހަތު ހިފަހައްޓަން"

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް އުޅުއްވަނީ ވަކި މަސްލަހަތެއް ހިފަހައްޓަން: ނަޝީދު

22 ޖެނުއަރީ 2023

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ގެއްލުނު އެތައް މިލިއަން ރުފިޔާއެއް އަނބުރާ ހޯދި އެކަށީގެންވާ ތަހުގީގެއް ނުހިންގާ ކަމަށާއި އެއީ އެ ތަހުގީގާ ގުޅޭ ގޮތުން ވަކި މަސްލަހަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިފަހައްޓަވާތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ގެއްލުނު އެތައް މިލިއަން ރުފިޔާއެއް އަނބުރާ ހޯދި އެކަށީގެންވާ ތަހުގީގެއް ނުހިންގާ ކަމަށާއި އެއީ އެ ތަހުގީގާ ގުޅޭ ގޮތުން ވަކި މަސްލަހަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިފަހައްޓަވާތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ ނަޝީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ބޮޑު ހިޔާނާތުގެ މައްސަލައިގައި 270 މީހުންނަށް ދައުވާ ކުރަންޖެހޭ ކަމަށެވެ. އެ އަދަދަކީ ހިޔާނާތުން އެކި ގޮތް ގޮތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކަށް ފާހަގަވި އަދަދެވެ. އެކަމަކު މި އެންމެންނަނީ ހިޔާނާތާ ގުޅުން އޮތް މީހުން ކަމަށް ނުނިންމާ ކަމަށް އެ އިދާރާތަކުން ބުނެފައިވެ އެވެ.

ނަޝީދު ވިދާޅުވީ 270 މީހުންނަށް ދައުވާކުރަން ޖެހުނު ނަމަވެސް އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެންމެ މީހަކަށް ކަމަށެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ހިޔާނާތުގެ މައްސަލަ ރައީސް ވަނީ ހުއްޓުވައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް 37 ރަށާއި 12 ފަޅު ދޫކޮށްގެން މަންފާވި މީހުންގެ ލިސްޓެއް މީގެ ކުރިން އާއްމުވެފައިވެ އެވެ. ނަމަވެސް، އެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވެ ހުކުމް އިއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީހެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިމެނެ އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ލޯ ލާރިއެއް ވެސް ހޯދިފައި ނެތް. އަޅުގަނޑަށް މިހާރު ލަފާކުރެވެނީ ކޮންމެ ވެސް މަސްލަހަތެއް ހިފަހައްޓަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވަނީއޭ. އަޅުގަނޑު ނެތް ހިފަހައްޓަންޖެހޭ އެއްވެސް މަސްލަހަތެއް. މާދަމާ ވެސް ހުރިހާ ބޭފުޅުންނަށް ހައްގު ދައުވާ ކުރާނަން. އެއީކީ އަޅުގަނޑުމެން ދުވަހަކު ވެސް ހުއްޓާނެ ކަމެއް ނޫން.-- ނަޝީދު

ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް މިދިޔަ މަހުގެ ފަހުކޮޅު އިއްވައިފަ އެވެ. ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރުގެ ހުކުމެކެވެ.

އޭގެ އިތުރުން ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގައި ދިޔަ ގޮތުން ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން އޮތްތޯ ނުވަތަ ނޫންތޯ މި ޖެހުނީ ބަލަން ކަމަށެވެ. ތަހުގީގެއް ވެސް އަދި ދައުވާއެއް ނުކުރެވުނު ކަމަށާއި ފެންނަން އޮތް ހަމައެކަނި އެއްޗަކީ އޭރު އިދިކޮޅުގައި ތިބެގެން ގޮވި އެއްޗެހި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ މައްސަލައިގައި ލޯ ލާރިއެއް ވެސް ހޯދިފައި ނެތް. އަޅުގަނޑަށް މިހާރު ލަފާކުރެވެނީ ކޮންމެ ވެސް މަސްލަހަތެއް ހިފަހައްޓަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވަނީއޭ. އަޅުގަނޑު ނެތް ހިފަހައްޓަންޖެހޭ އެއްވެސް މަސްލަހަތެއް. މާދަމާ ވެސް ހުރިހާ ބޭފުޅުންނަށް ހައްގު ދައުވާ ކުރާނަން. އެއީކީ އަޅުގަނޑުމެން ދުވަހަކު ވެސް ހުއްޓާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނަށް އޯކޭ ނުވެގެން އުޅެނީ ސަރުކާރުގެ ކޮރަޕްޝަން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ނެންގެވީ، ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަ އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލަ އެވެ. އެ ބަލީގެ އެންމެ އުނދަގޫ ދުވަސްވަރު ގެންނަން އުޅުނު އެއްޗެހިން ނާޖާއިޒު އެކި ގޮތް ހަދައިފި ކަމަށާއި އެއީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރިއަސް ޝަރީއަތަށް ގެންދެވިފައި ނެތް އިރެއްގައި ހަދާނެ ގޮތަކާ މެދު ސުވާލު އުފެއްދެވި އެވެ. އެ މިންވަރަށް މި ސަރުކާރަށް ވެސް ތުހުމަތު އެބައޮތް ކަމަށާއި އެކަން ވެސް ބެލިފައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.