Roadha Mihaaru
އަލީ، ދެވަނަ ދައުރަކަށް ޕީއެސްއެމަށް އައްޔަންކޮށްފި

އަލީ ހާލިދު، ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ދެވަނަ ދައުރަކަށް

19 ޖެނުއަރީ 2023

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަައި ދެވަނަ ދައުރަކަށް އެންމެ ފަހުން ވެސް އެ މަގާމު ފުރުއްވި އަލީ ހާލިދު އިއްޔެ އައްޔަންކޮށްފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަައި ދެވަނަ ދައުރަކަށް އެންމެ ފަހުން ވެސް އެ މަގާމު ފުރުއްވި އަލީ ހާލިދު އިއްޔެ އައްޔަންކޮށްފި އެވެ.

ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ. ކުރީގެ ދައުރުގެ ހަތަރު އަހަރު ހަމަވުމުން އަލީ ހާލިދު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަލީ ހާލިދު އަލުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަލީ ހާލިދު، ޕީއެސްއެމްގެ އެމްޑީގެ މަގާމުގެ ދެވަނަ ދައުރަކަށް އައްޔަންކުރި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭނާއާ މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވުމަށް ފަހު، ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވަނީ، އެ ބޯޑުން ކުރިއަށް ގެންދިޔަ، ގާނޫނާއި ކޯޕަރޭޓް ގަވަނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނުގައި ފާހަގަވެފައިވާ ކަންކަން އަލީ ހާލިދާ ހިއްސާ ކުރައްވައި، އެ ކަންކަން އިސްލާހު ކޮށްދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ޕީސީބީން ބުންޏެވެ. ޕީއެސްއެމް ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަމަށް ހާއްސަ ސަލާމުކަމެއް ދެއްވައި، އެ ކަންކަން ހައްލު ކޮށްދެއްވުމަށް ވެސް ޕީސީބީގެ ރައީސް އެދިވަޑައިގަތް ކަމަށް އެ ބޯޑުގެ ނޫސްބަޔާނުގައި ވެ އެވެ.

"އަދި އަލްފާޟިލް އަލީ ހާލިދު ވަނީ ޕީސީބީ އިން ފާހަގަކުރި ކަންކަން ހައްލުކޮށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ،" ބަޔާނުގައި ބުންޏެވެ.

އޮސްޓްރޭލިއާގެ ސްޓަޓް ޔުނިވާސިޓީން މާސްޓަ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ އަލީ ހާލިދު ވަނީ ޓީވީއެމްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދި އަމިއްލަ ބައެއް ކުންފުނިތަކާއި ޖަމާއަތްތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް ރައީސް އޮފީހުގައި އުފެއްދި ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެކަމަކު، ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން މޭ 8، 2017 ގައި ކުއްލި ގޮތަކަށް އެ މަގާމުން އޭނާ ވަކިކުރި އެވެ. އެ ދުވަސްވަރު މިފްކޯގެ ޗެއާމަންގެ މަގާމުގައި ވެސް އަލީ ހާލިދު ހުންނެވި އެވެ.