Roadha Mihaaru
އިތުރު ލޭބަލް ޖަހާފައިވާނަމަ ހުއްދަދިނުން ހުއްޓާލަނީ

އިތުރު ލޭބަލް ޖަހާފައި ހުންނަ ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިނުން ހުއްޓާލަނީ

12 ޖެނުއަރީ 2023

ކާބޯތަކެތި ބަންދުކުރާއިރު ހަރުކުރާ ލޭބަލްގެ އިތުރުން އިތުރު ލޭބަލް ހަރުކޮށްގެން ރާއްޖެ އެތެރެކުރާ މުދަލަށް އަންނަ މަހުން ފެށިގެން ހުއްދަ ނުދޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާބޯތަކެތި ބަންދުކުރާއިރު ހަރުކުރާ ލޭބަލްގެ އިތުރުން އިތުރު ލޭބަލް ހަރުކޮށްގެން ރާއްޖެ އެތެރެކުރާ މުދަލަށް އަންނަ މަހުން ފެށިގެން ހުއްދަ ނުދޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ބައެއް ކާބޯތަކެތި މިހާރު ރާއްޖެ އެތެރެ ކުރާއިރު އެހެން އުފެއްދުންތައް ބަންދުކުރަން ހާއްސަކޮށްފައިވާ އެއްޗެހީގައި ބަންދުކޮށްގެން އެތެރެކުރާ ކަމަށެވެ. އަދި މިގޮތަށް އެތެރެ ކުރާއިރު އަސްލު ލޭބަލްގެ އިތުރުން އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަ ކަމަށް އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން އަސްލު ލޭބަލްގެ އިތުރަށް ކާބޯތަކެތީގައި އިތުރު ލޭބަލެއް ހަރުކުރުމަކީ އޭގެ އަސްލު އޮޅި އަދި މައްސަލައެއް ދިމާވާ ހާލަތުގައި އެ އުފެއްދުމެއް ޓްރޭސްކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ. އަދި އެއީ ކާބޯތަކެތި ލޭބަލް ކުރުމުގެ މިންގަނޑާ ޚިލާފް ކަމެއް ކަމަށް އެ އިއުލާނުގައިވެ އެވެ.

އެހެންވެ، އެ އިއުލާނުގައިވަނީ އަސްލު ކޮންޓެއިނަރު ނޫން އެއްޗެއްގައި ބަންދުކޮށް ނުވަތަ އިތުރު ލޭބަލެއް ހަރުކޮށްގެން އެތެރެކުރާ ކާބޯތަކެއްޗަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހެލްތް ކްލިއަރެންސް ނުދޭނެ ކަމަށެވެ.

ކާބޯތަކެތި އެތެރެ ކުރުމުގެ މިންގަނޑުތަކާ ޚިލާފްވެގެން ބައެއް ބާވަތުގެ ތަކެތި ބޭނުން ކުރުމާއި އެތެރެކުރުން މީގެކުރިން ވެސް މަނާކުރެ އެވެ.