Roadha Mihaaru
ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނުކޮށްފި

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނުކޮށްފި

10 ޖެނުއަރީ 2023

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ދަށު ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ގާޒީކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި؛

● 25 އަހަރު ފުރިފައި ވުން

● އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން

● ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތްކުރުން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި މަހަކު 30،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. އާ އެކު މަހަކު 48،300ރ. ލިބޭނެ އެވެ.

އެ ކޯޓުގައި މިހާރު ނުވަ ފަނޑިޔާރުން އެބަތިއްބެވެ.