Roadha Mihaaru
އަރަބިބަސް ފުޅާކުރަން ސައޫދީން ރާއްޖެއަށް 17 ޓީޗަރުން

އަރަބި ބަސް ފުޅާކުރަން ސައޫދީން ރާއްޖެއަށް 17 ޓީޗަރުން ފޮނުވައިފި

15 ޖެނުއަރީ 2017

ރާއްޖޭގައި އަރަބި ބަސް ފުޅާކޮށް ޔުނިވާސިޓީތަކާއިި ގުރުއާނާ ބެހޭ މަރުކަޒާއި ބައެއް ސްކޫލުތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް، ސައޫދީން ރާއްޖެއަށް 17 ޓީޗަރުން ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އަރަބި ބަސް ފުޅާކޮށް ޔުނިވާސިޓީތަކާއިި ގުރުއާނާ ބެހޭ މަރުކަޒާއި ބައެއް ސްކޫލުތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް، ސައޫދީން ރާއްޖެއަށް 17 ޓީޗަރުން ފޮނުވައިފި އެވެ.

އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީއާ ޓީޗަރުން ހަވާލުކުރިކަމުގެ ރަމްޒީ ލިޔުން ދެއްވީ، ސައޫދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު އަލީ އަލްހަލައިލެވެ. އެ ލިޔުމާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ސައޫދީން ރާއްޖެ ފޮނުވި އަރަބި ޓީޗަރުން ހަވާލުކުރުމުގެ ރަމްޒީ ލިޔުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމަށް، ސައޫދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު އަލްހަލައިލް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފުޅާކޮށް ދަރިވަރުންގެ އަގީދާ ވަރުގަދަކޮށް މުސްލިމް ޝަހުސެއް އުފެއްދުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް 1-7އަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދެމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ސައުދީގެ ފަރާތުން ފަސޭހައިން އެހީތައް ލިބެމުން އަންނަނީ އެ ގައުމާ ރައީސް އަބްދުﷲ ޔާމީން ބަހައްޓަވަމުން އަންނަ ގާތްކަމުގެ ސަބަބުން ކަމަށެވެ. އެންމެ ފަހުން ވެސް ރައީސް ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ ދަރިވަރުންނަށް ދެމުން އަންނަ ސްކޮލަޝިޕްގެ އަދަަދު 300 އަށް އިތުރުކުރަން ނިންމިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވަނީ އެއް ލައްކަ އަރަބި ފޮތް ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި ދަށް ގްރޭޑްތަކުގެ ކުދިންނަށް އަރަބި ދަސްކުރަން ބޭނުންވާ ފޮތާއި ޑިކްޝަނަރީ ފަދަ ތަކެތި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ރާއްޖެ އަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައޫދީން ރާއްޖެ ފޮނުވި އަރަބި ޓީޗަރަކަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ، އާއިޝަތު ޝިހާމް ލިޔުން ހަވާލުކޮށްދެއްވަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސައޫދީން ރާއްޖެ ފޮނުވި އަރަބި ޓީޗަރަކަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ، އާއިޝަތު ޝިހާމް ލިޔުން ހަވާލުކޮށްދެއްވަނީ- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސައޫދީން ރާއްޖެ ފޮނުވި މި ޓީޗަރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި ގުރުއާނާބެހޭ މަރުކަޒުގައި ވެސް ދިވެހި ޓީޗަރުން، އަރަބި ބަހަށް ތަމްރީނުކޮށްދިނުމުގައި އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން އަރަބި ބަހުގެ ކަރިކިއުލަމް ކިޔަވައި ދިނުމުގެ ވަސީލަތް ތައްޔާރުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޓީޗަރުން މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ އައްޑޫ އާއި ހދ. ކުޅުދުއްުފުށީގައި ހުންނަ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލުުގަ އާއި މާލެ އާއި ހުޅުމާލޭގެ ސްކޫލުތަކުގަ އެވެ.