02 ޖެނުއަރީ 2023
ކޮވިޑާއެކު ގައުމު ވެއްޓިފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް އިގްތިސާދީ ނިންމެވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ ސިޔާސީ އެއްވެސް މަންފާއެއް އޮވެގެން ނޫން ކަމަށް ވިދާޅުވެ ޖީއެސްޓީ ބޮޑުކުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދިފާއުކުރައްވައިފި އެވެ.
ކޮވިޑާއެކު ގައުމު ވެއްޓިފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް އިގްތިސާދީ ނިންމެވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ ސިޔާސީ އެއްވެސް މަންފާއެއް އޮވެގެން ނޫން ކަމަށް ވިދާޅުވެ ޖީއެސްޓީ ބޮޑުކުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދިފާއުކުރައްވައިފި އެވެ.
ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް އިއްޔެ އިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިއީ ރައްޔިތުންނަށް ކުރިމަތިކުރުވި ވަރަށް ބޮޑު ދައްޗެއް ކަމުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ވެރިކަމަށް އިންތިހާބު ވެއްޖެ ނަމަ ޓެކްސް އަލުން ކުޑަ ކުރައްވާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީއާ ގުޅުވައި ދައްކަވާ ވާހަކަތަކުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ ފާޑުވިދާޅުވުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދީ އެންމެ ފަހުގެ ނިންމުން، ޖީއެސްޓީ ބޮޑުކުރުމުގައި ވެސް ސިޔާސީ މަންފާއެއް ނެތް ކަމަށެވެ. މި ނޫން ވެސް އިގްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި އިގްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން އޭގެ ގެއްލުން ބޮޑުކަން ކައިރި ގައުމުތަކުން ވެސް ވަނީ ފެނިފަ އެވެ.
އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން. ރައީސް @ibusolih އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ. (3/4)
— Ibrahim Ameer (@iameeru) January 2, 2023
އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ކަމަށާއި އޭއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
"ދިވެހި އިގްތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.
ނަޝީދު ވަނީ މި ސަރުކާރުގެ މާލީ ކަންކަން ހިނގާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ދައުލަތުގެ ދަރަނި ދައްކަން އިތުރަށް ދަރަނި ނަގާތީ އެކަމުގައި ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ. އަދި މާލީ އެފަދަ ކަންކަން ރައީސް ކައިރިން ނުބައްލަވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އުޅެނީ އިގުތިސާދު މެނޭޖު ކުރުމުގެ މައްސަލައެއް:އެމްޑީޕީ
އަމީރުގެ ރައްދު: ވައުދުވި ގޮތަށް މުސާރަ ބޮޑުކޮށްދޭނަން
"ބަނގުރޫޓުވެފައި ކަމަށް ބުނެ ވަނީ ބޮޑެތި ވައުދުތައް"
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް
"އަދިވެސް ނުދަރާ, ދެން އޮތީ ދުވެލި ބާރު ބަދަލެއް"
ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ބޮޑު ސޭވިންއެއް
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މަޝްވަރާއެއް ނެތި ވިޕް ނެރުމުން މަޖިލިސް ހޫނުވެއްޖެ!
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ