Roadha Mihaaru
އަމީރުގެ ރައްދު: ވައުދުވި ގޮތަށް މުސާރަ ބޮޑުކޮށްދޭނަން

އަމީރުގެ ރައްދު މުއިއްޒަށް: ވައުދު ބަދަލެއް ނުކުރާނަން, މުސާރަ ބޮޑުކޮށްދޭނަން

22 ސެޕްޓެމްބަރ 2023

ރައްޔިތުންނަށް ކަމެއް ކޮށްދޭން މިއަދު ވައުދުވެފައި މާދަމާ ބަދަލުނުކުރާނެ ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅުން ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

މި ކެމްޕޭންގައި ތާއީދު ހޯއްދަވަން މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭން ވައުދުވެވަޑައިގެންފަ އެވެ. އެކަމަކު އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ފާޑުކިއުން އަމާޒުވުމުން މުއިއްޒު ވަނީ އެކަމުގައި ޓެކްނިކަލް ޓީމާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަން ނުކުރެވޭ ކަމަށް ވާ ނަމަ އެ ވައުދު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒަށް ފާޑުވިދާޅުވެ އަމީރު ވިދާޅުވީ މި ސަރުކާރުން ވައުދުވަނީ ހިސާބު ޖަހައި ދިރާސާކޮށް ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން ހޯދައިގެން ކަމަށެވެ. މިއަދު ވައުދުވެފައި މާދަމާ ބަދަލުކުރާ ގޮތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުންގެ މުސާރަ އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ, ޖެނުއަރީން ފެށިގެން ބޮޑުވެގެންދާނެ," އަމީރު ވިދާޅުވި އެވެ.

ސަންގު ޓީވީގައި މުއިއްޒު ރޭ ވިދާޅުވީ މުސާރަ ދެގުނަކުރައްވާނެ ކަމަށް ވިދާޅުވީ ތިން އަހަރަށް ބަހާލައިގެން ކަމަށެވެ. އެއީ 2024 އާއި 2026 އާއި 2028 ގައި ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރެވެން އަންނާނީ އިގްތިސާދު ރަނގަޅުކުރެވެމުންދާ މިންވަރަކުންދާ ކަމަށާއި ޓެކްނިކަލް ޓީމަކުން ދޭ މައުލޫމާތުގެ މައްޗަށް ކަންކަން އާއްމުކުރެއްވިޔަސް މުސާރަ ބޮޑުކުރުން ބަލައިގަންނަން އެހާ ފަސޭހަނުވާ ކަމަށް ވިދާޅުވި އެވެ.

"ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރޭ. އެހެންވީމަ އެކަމުގައި އަނެއްކާވެސް އެބަ ބަލަން އިތުރަށް. ބަލާފައި އެއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ވަންޏާ އެ ބަދަލުވެސް ކުރާނަން," މުއިއްޒު ވިދާޅުވި އެވެ.