10 ސެޕްޓެމްބަރ 2023
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ދާން ޖެހުމުގައި އެމްޑީޕީ އަށް ވެސް ކުރިން ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ދާން ޖެހުމުގައި އެމްޑީޕީ އަށް ވެސް ކުރިން ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައި ދެވަނަ ބުރަކަށް ދިއުމާ ގުޅިގެން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލްޓް ރެސްޓޯރަންޓް ހިންގާ އިމާރާތުގައި ހުންނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އޮފީހުން ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ކުރިން ވިސްނިފައި ނެތް މި އިންތިހާބުގައި ކަންތައްތަކެއް ހުރުމުން އެ ބޭފުޅުންގެ އިސްވެރިން ބައްދަލުކުރައްވައި ދެން ތައްޔާރު ވާނީ ކަމަށެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވާނަންތޯ ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮންމެ ގޮތަކަށް ވިޔަސް އެމްޑީޕީން ވެސް ބަޔަކާ ބައިވެރިވާން ޖެހޭނެ ކަަމަށެވެ.
"އަޅުގަނޑު ހިތުން ޕީޕީއެމް ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. ދެން އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ކުރު އިންޓަވިއުގައި ރައީސް ވިދާޅުވި އެވެ.
ދެވަނަ ބުރާ މެދު އޮތީ ކިހާ ޔަގީންކަމެއްތޯ ދެންނެވުމުން ވިދާޅުވީ، އެކަމާ ދޭތެރޭ ވިސްނަވާނީ މިއަދު ކަމަށެވެ.
ކުރިން ވިސްނިފައި ނެތް ކަންކަން އިންތިހާބު ކާމިޔާބު ނުކުރެއްވުމުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް "މިހާރު" އަށް ވިދާޅުވީ، އެއީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި އޭގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުނިކުތުން ހިމެނޭ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ޕްރިޑިކްޝަން ދިމާނުވި ކަމަށާއި އެއީ ހީކުރި ގޮތެއް ނޫން ކަމަށެވެ. އެމްޑީޕީން އަމާޒުހިފީ ފުރަތަމަ ބުރުގައި 57 ޕަސެންޓާ އެކު އެއްބުރުން ކާމިޔާބު ކުރުމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އަދި އެއްވެސް ޕާޓީއަކުން ވަކި ގޮތެއް ނުނިންމަ އެވެ.
އެއްވެސް ބަޔަކާ ކޯލިޝަން ނުހައްދަވައި އިންތިހާބުގައި ޑރ. މުއިއްޒު ދެވަނަ ދައުރަކަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 46 ޕަސެންޓެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވައިގެން ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 85،000 ވޯޓެވެ.
މި އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކު ތިންވަނަ ހޯއްދެވީ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެއީ ހަތް ޕަސެންޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުޅުއްވަނީ 6،000 އަށް ވުރެ ގިނަ ވޯޓާ އެކު ދެ ޕަސެންޓުގަ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް ފަސްވަނަ ހޯއްދެވުނީ 5،500 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވެސް ދެ ޕަސެންޓެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް ހޯއްދެވުނީ 3،000 ވޯޓެވެ. އޭނާ އަށް ހަ ވަނަ ލިބިވަޑައިގަތީ 1 ޕަސެންޓް ވޯޓުންނެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް އެންމެ ޕަސެންޓްގެ ވޯޓު ވެސް ނުހޯއްދެވުނެވެ
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
"ނިޒާމީ ވޯޓަށް މަޝްވަރާކުރިން، ދެން އިތުބާރެއް ނެތް"
"ބަނގުރޫޓުވެފައި ކަމަށް ބުނެ ވަނީ ބޮޑެތި ވައުދުތައް"
މުއިއްޒަށް ވޯޓު ލިބޭނީ ރައީސަށް ވުރެ މަދުން: އިމްރާން
ރައީސާއި މުއިއްޒު ވެސް ކުރެންދޫގައި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ހާއްސަ ކޮމެޓީއެއް
ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި