31 ޑިސެމްބަރ 2022
ލިވަޕޫލް (ޑިސެމްބަރު 31) - ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، ލެސްޓާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލުތަކަކާ އެކު 2-1 އިން ލިވަޕޫލުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ލިވަޕޫލް (ޑިސެމްބަރު 31) - ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، ލެސްޓާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލުތަކަކާ އެކު 2-1 އިން ލިވަޕޫލުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
މެޗުގައި ފެނުނު ހުރިހާ ގޯލެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓުގައި ކިއެނާން ޑޫސްބަރީ ހޯލް ޖެހި ގޯލާ އެކު ލިވަޕޫލަށް ޖެހުނީ ފަހަތުން އަރައި ނަތީޖާ ނެރޭށެވެ،
ލިވަޕޫލުން ޖެހި ދެ ގޯލު ވެސް ބައިކޮޅަށް ވަނީ ލެސްޓާ ސިޓީގެ ބެލްޖިއަމް ޑިފެންޑަރު ވައުޓް ފައެސް އަތުންނެވެ. މެޗުގެ 38 ވަނަ މިނިޓުގައި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ތިރިތިރިން ނެގި ހުރަހެއް، ފައެސް ފައިން ދިފާއު ކުރަން ޖައްސާލުމުން އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯ މަތިން ގޮސް ގޯލުގެ ފާ ޕޯސްޓަށް އޮއްސިގެންނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ދެ ވަނަ ގޯލު ވަނީ، ލިވަޕޫލްގެ ޑާވިން ނޫނޭޒް ކީޕަރު ބޯ މަތިން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ރީބައުންސް ވެފައި ނުކުތް ބޯޅަ، ފައެސް ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި މުހައްމަދު ސަލާހު އަދި ނޫނޭޒް އަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ނަމަވެސް ހަމަލާތައް ގޯލާ އަމާޒު ކޮށްލެވޭ ގޮތެއް ނުވި އެވެ. އަދި ސަލާހު ފަހުން ފޮނުވާލި ހަމަލާއެއް ލެސްޓާގެ ކީޕަރު ކީޕަރު ޑެނީ ވާޑް ދިފާއު ކުރި އެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ހަ ވަނައިގައި އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީ ކުޅުނު 17 މެޗުން ހޯދި 17 ޕޮއިންޓާ އެކު އޮތީ 13 ވަނައިގަ އެވެ.
ވެސްޓް ހޭމް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ވެސް ބަލި ވެފަ އެވެ. ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ވެސްޓް ހޭމް ބަލިވީ 2-0 އިންނެވެ.
ޓޮނޭ (ވ)، ވެސްޓް ހޭމްގެ ކްރެއިގް ޑޯސަން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ވެސްޓް ހޭމް ވަނީ މެޗު ފަށައިގެން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ. ޑެކްލަން ރައިސް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވި އިރު، އެމަސަންގެ ހަމަލާ، ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ދިފާއު ކޮށްފަ އެވެ.
ބްރެންޓްފޯޑުން ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ 18 ވަނަ މިނިޓުގައި އައިވާން ޓޮނޭ ޖަހައިދިން ގޯލުންނެވެ. މިއީ އޭނާ ލީގުގައި މި ސީޒަންގައި ކާމިޔާބު ކުރި 12 ވަނަ ގޯލެވެ. ބްރެންޓްފޯޑްގެ ދެވަނަ ގޯލު 43 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯޝް ޑަސިލްވާ އެވެ.
މެޗުގެ އެންމެ ފަހު މިނިޓުކޮޅު ތެރޭ ޓޮނޭގެ ކަކުލަށް އަނިޔާވެގެން ވަނީ ސްޓްރެޗަރުގައި ބަދަލު ކުރަން ޖެހިފަ އެވެ. ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ އުއްމީދު ކުރަނީ އަނިޔާ މާ ސީރިއަސް ނުވާނެ ކަމަށާއި، ނަމަވެސް އަނިޔާއާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓުތަކަށް ފަހު ކަމަށެވެ.
ޑޭވިޑް މޮޔޭސް ގެ ވެސްޓް ހޭމްގެ މި ބައްޔާ އެކު އެޓީމު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން ވެސްޓް ހޭމް ވަނީ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް އަދި ލެސްޓާ ސިޓީ އަތުން ބަލި ވެފަ އެވެ. އަދި ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އާސެނަލް އަތުން ވެސް ބަލި ވެފަ އެވެ.
ރެލިގޭޝަންގެ ބިރު ހީވެފައިވާ ވެސްޓް ހޭމް މިވަގުތު އޮތީ 17 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ޓޭބަލްގެ 17 ވަނައިގަ އެވެ. ބްރެންޓްފޯޑް ކުޅުނު 17 މެޗުން 23 ޕޮއިންޓް ހޯދައިގެން އެޓީމު އޮތީ ނުވަ ވަނައިގަ އެވެ.
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
އާސެނަލް ވެއްޓި، ލިވަޕޫލް ކުރީގައި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ލިވަޕޫލުން ދޫ ނުދީ ގަދަ ހަތަރެއްގައި ވިއްދާފައި
ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ފިޔަވަޅެއް ކުރިއަށް
ވެސްޓް ހޭމް އިން ފަހު ވަގުތު ލެސްޓާއަށް ލަނޑު ދީފި
ލިވަޕޫލް ދެވަނައަށް، ލީޑްސް އިން ވެސްޓްހޭމް ބަލިކޮށްފި