16 މެއި 2023
ލެސްޓާ (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ 3-0 އިން ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓައިފި އެވެ.
ލެސްޓާ (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ 3-0 އިން ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓައިފި އެވެ.
ގަދަ ހަތަރަކަށް އަރަން ލިވަޕޫލް ޖެހޭނީ ބާކީ ދެ މެޗުން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތަކަށް އިންތިޒާރުކުރާށެވެ.
މިވަގުތު ލިވަޕޫލް ފަސް ވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރު ވަނައިގަ އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. އެކަމަކު ލިވަޕޫލަށް ވުރެ އިތުރު އެއް މެޗު މި ދެ ޓީމަށް ވެސް އެބައޮތެވެ.
ލީގުގައި ލިވަޕޫލަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ސައުތެމްޓަނާ ވާދަކުރާ މެޗެވެ. ނިއުކާސަލް ކުޅޭނީ ބްރައިޓަން އާއި ލެސްޓާ ސިޓީ އަދި ޗެލްސީއާ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ބާކީ އޮތީ ބޯންމަތާއި ޗެލްސީ އަދި ފުލަމް އާ ކުޅޭ މެޗެވެ.
ލެސްޓާ ކޮޅަށް ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ޖެހީ ކާޓިސް ޖޯންސް އެވެ. ގާޔްގާތުގައި ޖޯންސް ޖެހި މި ދެ ގޯލު ވެސް ރެފްރީ ބަލައިގަތީ ވީއޭއާރު ބެލުމަށް ފަހު އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްޒަންޑަ އާނޯލްޑް އެވެ. ލިވަޕޫލްގެ ތިން ލަނޑު ވެސް ޖެހީ މުހައްމަދު ސަލާހްގެ އެހީގަ އެވެ.
ލިވަޕޫލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ. އޭގެކުރިން އެ ޓީމުގެ ފޯމު ފެނުނީ ދަށްކޮށެވެ. ގަދަ ހަތަރަކުން ފުރުސަތު ނުލިބިއްޖެ ނަމަ ލިވަޕޫލް އަންނަ ސީޒަނުގައި ވާދަކުރަން ޖެހޭނީ ޔޫއެފާ ޔޫރޮޕާ ލީގުގަ އެވެ.
ލިވަޕޫލް އަތުން ބަލިވެ ލެސްޓާ ސިޓީ އަށް މިހާރު ވަނީ ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމު މިވަގުތު އޮތީ 30 ޕޮއިންޓާ އެކު 19 ވަނައިގަ އެވެ. ރެލިގޭޝަނުން ސަލާމަތްވާން ބާކީ އޮތް ދެ މެޗުން މޮޅުވާން މަޖުބޫރެވެ. އޭރުން ވެސް އެޓީމު ރެލިގޭޓް ނުވެ ސަލާމަތްވާނީ ލީޑްސް ޔުނައިޓެޑާއި އެވަޓަން އަދި ނޮޓިންހަމް ފޮރެސްޓުގެ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ.
ލެސްޓާ ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ 2013/2014 ވަނަ ސީޒަނުގެ ޗެމްޕިއަންޝިޕްގެ އެއް ވަނަ ހޯދައިގެންނެވެ. އެނބުރި އައިސް 2015/2016 ވަނަ ސީޒަނުގައި ޓީމުތައް ހައިރާންކޮށްލައި، ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެޓީމު ހޯދި އެވެ.
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ބައިކޮޅަށް ވަން ދެ ގޯލުން ލިވަޕޫލަށް އުނދަގޫ މޮޅެއް
ޕެނަލްޓީ ނާކާމިޔާބުވެ ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް
ސިޓީ ލީޑުގައި، ލިވަޕޫލް ބަލިވެ ލެސްޓާ ތިން ވަނަ އަށް
ސިޓީ އާއި ލިވަޕޫލް އެއްވަރު، ލެސްޓާ އެއް ވަނައިގައި
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް