15 ޖެނުއަރީ 2017
މުޖުތަމައަށް ބޭނުންތެރި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް މުޖުތަމައަށް ނެރެދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން "ޕާސަނަލް ބްރޭންޑިން" ނަމުގައި ކްލީކް ކޮލެޖުން ވޯކްޝޮޕެއް ބާއްވައިފި އެވެ.
މުޖުތަމައަށް ބޭނުންތެރި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް މުޖުތަމައަށް ނެރެދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން "ޕާސަނަލް ބްރޭންޑިން" ނަމުގައި ކްލީކް ކޮލެޖުން ވޯކްޝޮޕެއް ބާއްވައިފި އެވެ.
ބިލަބޮންގް ސްކޫލުގެ ހޯލުގައި ހުކުރު ދުވަހު ބޭއްވި މި ވޯކްޝޮޕްގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކޮލެޖުން ބުންޏެވެ.
ހިލޭ ބައިވެރިވެވޭ ގޮތަށް، އާއްމުންނަށް ހުޅުވާލައިގެން ބޭއްވި މި ވޯކުޝޮޕުގައި ވަނީ އަމިއްލަ ޝަހުސިއްޔަތެއް ބިނާކުރުުމުގެ މުހިއްމުކަމާއި އެކި ސިނާއަތްތަކުގައި ޕާސަނަލް ބްރޭންޑިންގެ ބޭނުން ހިފާނެ ގޮތްތަކުގެ މައުލޫމާތު ވެސް ދީފަ އެވެ. މީގެ އިތުރުން ޕާސަނަލް ބްރޭންޑިންގެ އެހީގައި ވަޒީފާގެ ބާޒާރުގައި މީހާގެ އަގު އުފުލާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިން ކަމަށް ކްލީކް ކޮލެޖުން ބުންޏެވެ.
ކްލީކް ކޮލެޖުން ބޭއްވި ޕާސަނަލް ބްރޭންޑިން ވޯކްޝޮޕްގެ ތެރެއިން.--ފޮޓޯ: ކްލިކް ކޮލެޖު
ނޭޝަނަލް ކެރިއަ ގައިޑެންސްގެ އޮފިޝަލުން ވެސް މައުލޫމާތު ދިން މި ވޯކްޝޮޕްގައި ބައިވެރިވި މީހުން އެކި ގްރޫޕުތަކަށް ބަހާލައި އެކި ތަމްރީނުތައް ދީފައިވެ އެވެ.
މި ވޯކްޝޮޕްގައި ޓްރެއިނިންތައް ދީފައިވަނީ ސްރީ ލަންކާގެ މުއާސަލަތީ މައި ކުންފުނި "ޑަައިލޮގް"ގެ އިސް ޓްރެއިނަރެއް ކަމުގައިވާ ރެކްސް ޕިޓިޔާގޭ އެވެ.
ކްލީކް ކޮލެޖަކީ 2000 ވަނަ އަހަރު ""ކްލީކް ޓްރެއިނިން ސެންޓަރު"ގެ ނަމުގައި ވުޖޫދުވި ސެންޓަރެކެވެ. ކޮލެޖަކަށް އެ ތަން ބަދަލުކުރީ 2009 ވަނަ އަހަރެވެ. އެ ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ މަތީ ތައުލީމުގެ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
އެޖެންޓުން ކަމަށްބުނެ ދަރިވަރުންގެ އަތުން ފައިސާ ނަގަނީ
ކްލީކް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނު އަންނަ ހަފުތާގައި ދޫކުރަން ފަށާނެ
ކްލިކް ކޯލެޖުން މާސްޓާސް ކޯހެއް ތައާރަފް ކޮށްފި!
އެމްއެންޔޫގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތްކުރަނީ
ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ