16 ނޮވެމްބަރ 2018
ބިޒްނަސްގެ ދާއިރާއިން މަތީތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނައް ހާއްސަކޮށްގެން ކްލިކް ކޮލެޖުން "މާސްޓާސް އޮފް ސައިންސް އިން ބިޒްނަސް އެންޑް މެނޭޖްމަންޓް" ކޯހެއް ތައާރަފްކޮށްފި އެވެ.
ބިޒްނަސްގެ ދާއިރާއިން މަތީތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނައް ހާއްސަކޮށްގެން ކްލިކް ކޮލެޖުން "މާސްޓާސް އޮފް ސައިންސް އިން ބިޒްނަސް އެންޑް މެނޭޖްމަންޓް" ކޯހެއް ތައާރަފްކޮށްފި އެވެ.
މާސްޓާސް އޮފް ސައިންސް އިން ބިޒްނަސް އެންޑް މޭނޭޖްމަންޓަކީ ބިޒްނަސް އަދި މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ފަރުމާ ކުރެވިފައިވާ މާސްޓާސް ފެންވަރުގެ ކޯހެކެވެ.
އެ ކޮލެޖުން ބުނި ގޮތުގައި މިކޯހަކީ ކްލީކް ކޮލެޖްގެ އަމިއްލަ ކޯހެއް ކަމަށެވެ. އެހެންނަމަވެސް ކޯހުގެ ކޮންޓެންޓް އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގައި ބިޒްނަސް ދާއިރާއިން މާސްޓާސް ކިޔަވޭ ކޯސްތަކާއި، ކޮލިޓީ، ކޮންޓެންޓް އަދި ސްޓަރަކްޗާގެ ގޮތުން އެއްގޮތް ވާނެއެވެ.
އެގޮތުން މާސްޓާސް އިން ބިޒްނަސް އެންޑް މެނޭޖްމެންޓް ކޯސް ތައްޔާރު ކުރުމުގައި އިނގިރޭސިވިލާތުގެ ޕްރޮފެސާރުންގެ އެހީ ހޯދައިފައި ވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. އަދި ކޮލިޓީ ހިފެހެއްޓުމަށް ޓަކައި ކޮލިޓީ އެޝުއަރަންސް އޭޖެންސީ ފޯ ހަޔާ އެޑުކޭޝަން (ކިއު.އޭ.އޭ) އިން މާސްޓާސް ޑިގްރީ އެއްގައި ހުންނަން ޖެހޭ މިންގަނޑުތައް އެ ކޯހުގައި ހުންނާނެ އެވެ.
ކްލިކް ކޮލެޖުން ބުނި ގޮތުގައި ކޯހުގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު ޑިޒަޓޭޝަން ތައްޔާރު ކުރުމަށް ދަރިވަރުނަށް ބޭނުންވާ ރިސާޗް ސްކިލް ދަސްކޮށްދިނުން ކަމަށެވެ. އެގޮތުން ޑިސާޓޭޝަން ހެދޭނީ ހިއުމަން ރިސޯސް މެނޭޖްމެންޓް، މާކްޓިން އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދާއިރާއިންނެވެ.
މާސްޓާސް އޮފް ސައިންސް އިން ބިޒްނަސް އެންޑް މެނޭޖްމަންޓަކީ އެމް.ކިއު.އޭ އިން އެޕްރޫވް ކޮއްފައިވާ ލެވެލް ނުވައެއްގެ އެއް އަހަރު ދުވަހުގެ ކޯހެކެވެ. އެ ކޮލެޖުން އަލަށް ތައާރަފް ކުރި އެ ކޯހުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 1 ޑިސެމްބަރު 2018 އެވެ. އަދި ކޯސްތަކުގައި ބައިވެރިވުމައް އެދޭފޯމް ކްލިކް ކޮލެޖްގެ ރިސެޕްޝަނުން މިހާރު ވަނީ ދޫކުރަން ފަށައިފައެވެ.
ކްލީކް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ކްލިކް ކޮލެޖުން އާ 13 ޕްރޮގްރާމެއް ތައާރަފްކޮށްފި
ދަރިވަރުންނަށް ތަމްރީން ހޯދައިދޭން ކްލީކްގައި އިންޓާނެއް
ކްލީކުން ޕާސަނަލް ބްރޭންޑިން ވޯކްޝޮޕެއް ބާއްވައިފި
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"