25 ޑިސެމްބަރ 2022
މެޑްރިޑް (ޑިސެމްބަރު 25) - ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ކުރިމަތިވި ތިން މެޗުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް އެ ކްލަބަށް ނާކާމިޔާބާ ކުރިމަތިވެއްޖެ އެވެ.
މެޑްރިޑް (ޑިސެމްބަރު 25) - ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ކުރިމަތިވި ތިން މެޗުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް އެ ކްލަބަށް ނާކާމިޔާބާ ކުރިމަތިވެއްޖެ އެވެ.
ނޮވެމްބަރު މަހު އޮސަސޫނާ އާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ލެވަންޑޯސްކީ އަށް ރަތް ކާޑު ދެއްކުމުން އޭނާ ދަނޑު ފޭބުމުގެ ކުރިން ރެފްރީގެ ނޭފަތުގައި ހިފި މައްސަލައިގައި ސްޕެއިންގެ އެފްއޭއިން ވަނީ ޕޮލެންޑްގެ ކެޕްޓަން ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އެއީ އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އޮޓަމެޓިކުން ސަސްޕެންޑްވާ އެއް މެޗާއި ރެފްރީ އަށް ބޭއިހުތިރާމް ވާ ގޮތަށް އަމަލު ކުރުމުން ދެ މެޗަށް ކުރި ސަސްޕެންޝަނާ އެކު އެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސްޕެއިންގެ ކުޅިވަރު އެޑްމިނިސްޓްރޭޝަން ކޯޓަށް ބާސާއިން ހުށަހެޅި އެވެ.
ލެވަންޑޯސްކީގެ ގާތް ފަރާތްތަކާ ހަވާލާދީ ކޯޓުގައި ބާސާގެ ވަކީލު ބުނީ އޭނާގެ އެ އަމަލަކީ ޕޮލެންޑްގައި އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ބޭނުން ކުރާ އިޝާރާތެއް ކަމަށެވެ. ނަމަވެސް އެކަން ކޯޓުން ބަލައެއް ނުގަތެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބާސާ އަށް ކުރިއަށް ތިން މެޗުގައި ވާދަ ކުރަނީ އެސްޕަންޔޯލް އާ ދެކޮޅަށް ކުޅޭ މެޗާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ގެޓާފޭ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުތަކުގައި ލެވަންޑޯސްކީ އަށް ނުކުޅެވުމަކީ ބާސާ އަށް ކުރިމަތި ވާނެ މައްސަލަ އެކެވެ. ވާދަވެރި ރެއާލް މެޑްރިޑުން ދެ ވަނައިގައި ވިއްދާފައި އޮތީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބޮޑު ބައްޔަށް ފަހު ބާސާ ދޫކޮށްލާކަން ޒަވީ ހާމަކޮށްފި!