ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ މި ސަރުކާރުން އަލުން ދައްކަނީ "ސަރުކާރު ނިމެން އުޅޭތީ" ކަމަށާއި މަރާލައިގެން އުޅެނީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވައި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ނުރުހުމާ އެކު ވާހަކަ ދައްކަވައިފި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ މި ސަރުކާރުން އަލުން ދައްކަނީ "ސަރުކާރު ނިމެން އުޅޭތީ" ކަމަށާއި މަރާލައިގެން އުޅެނީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވައި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ނުރުހުމާ އެކު ވާހަކަ ދައްކަވައިފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް ރައީސް އުފެއްދެވި ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާގައި ވަނީ ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ ބަލައި ރިޕޯޓް ހަވާލުކުރައްވައިފަ އެވެ. ރިޕޯޓް ހަވާލުކުރުމަށް ފަހު ކޮމިޝަނުން ބުނީ ރިލްވާން ވަގަށް ނަގައި ބޯ ބުރިކޮށް މަރާލުމުގައި ބައިވެރިވި އަބްދުﷲ މުނާޒް ރާއްޖެއިން ބޭރަށް ފުރީ ޔާމީންގެ އެހީތެރިކަމުގައި ކަމަށް ބުނެފަ އެވެ. ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން އޭނާ ޔާމީނާ ބައްދަލުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މި ދުވަސްވަރު ސަރުކާރުން ކުޅެނީ "ރިލްވާންގެ ކާޑު" ކަމަށެވެ.
"މިއީ މަރުފަލި ޖަހަމުންދާ ސަރުކާރެއް. މިހާ ހިސާބުން އެމީހުން ބޭނުންކުރާނީ މަރުގެ ކާޑު. މިހާރު ބޭނުންކުރާ ކާޑަކީ ރިލްވާންގެ ކާޑު،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ބަލަ ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ. މަރުވާ ކޮންމެ މީހަކު، ގުދުރަތީ މަރަކުން ނޫން. އަދި ބައެއްގެ އިހުމާލުން ނޫނީ ބައެއްގެ ބައިވެރިވެގެން އޮވެގެން މަރުވާ ކަމަކީ އަޅުގަނޑުމެންގެ ޕާޓީން ކުށްވެރިކުރާނެ ކަމެއް. އަދި މައްސަލަ ބެލެން ވާނެ: ޔާމީން
ރިލްވާން ވަގަށް ނެގި މައްސަލައަކީ ބަލައި ނިންމާފައި އޮތް މައްސަލައެއް ކަމަށާއި ފުލުހުންގެ މުއައްސަސާގައި ތިބީ "ގަމާރުން" ނުވަތަ "ބީތާއިން" ތޯ ޔާމީން ސުވާލުކުރެއްވި އެވެ.
"ފެލާލައިފި" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ސަރުކާރުން ވެރިކަމަށް އައުމަށް ވެސް ނެގީ މަރުގެ ކާޑު ކަމަށާއި އަނެއްކާ ވެރިކަން ނިމޭތީ ވެސް މަރުގެ ކާޑު ނަގަން އުޅޭ ކަމަށް ވިދާޅުވެ ޔާމީން އެއްސެވީ "މަރު ފަލި ނަގައިގެން ދެވޭނީ ކިހާ ހިސާބަކަށް" ތޯ އެވެ.
ޔާމީން ވިދާޅުވީ ރިލްވާން މަރާލި މީހުން މި ސަރުކާރުގައި ތިބި މީހުންނާއި ފުލުހުންނަށް އެނގޭނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ކާރަކަށް އަރުވައިގެ ރިލްވާން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ގެންދިޔަ ކަމަށާއި އެކަން ކުރީ ކާކުކަން ވެސް ފުލުހުންގެ ތަހުގީގަށް ކުރިން އެނގިފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ކޮބާތޯ ޔާމީން އެއްސެވި އެވެ.
"ކީއްވެގެންތޯ އެމީހުން ވިއްލިގެން މިއުޅެނީ. އެމީހުން ތިބީ ކޮންތާކުތޯ."
ޔާމީން ވިދާޅުވީ އެކަމުގައި ތުހުމަތުވާ ކަމަށް ބުނާ ބަޔަކަށް ޕާސްޕޯޓް ހައްދައިދީގެން އެމީހުން ފުރުވާލި މައްސަލަ ވެސް ބަލައި ނިންމާފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހުންނަށް އަދަބު ވެސް ލިބުނު ކަމަށެވެ.
ކޮމިޝަނުން ވަނީ ރިލްވާނަށް ވީގޮތެއް ނުހޯދެނީސް ރިލްވާން މަރުވެފައިވާ ކަމަށް ޔާމީންގެ ކެމްޕެއިން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅިކަން ފާހަގަކޮށްފަ އެވެ. ދުރާލައި ރާވައިގެން ހަރުކަށި ފިކުރުގެ މީހުން އޭނާ މަރާލީ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައިވާއިރު އޭނާގެ މަރު ފޮރުވައި އޮޅުވާލަން އެކި ގޮތްގޮތުން ދައުލަތުގެ އެހީތެރިކަން ހޯދި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
"ސަރުކާރު ފެއިލްވާވަރަކަށް ޔާމީނަށް ޖެއްސުންކުރޭ"
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
"ފުއްގިރި ދޫކުރީ ހުށަހެޅުނު އަގަށްވުރެ ކުޑަ އަގަކަށް"
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޔާމީންގެ އިސްތިއުނާފް ބުރާސްފަތި ދުވަހު ބާއްވަނީ
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި