Roadha Mihaaru
ފުލުހަކަށް މަރުގެ އިންްޒާރު ދިން މީހަކު ބަންދަށް

ފުލުހަކަށް މަރުގެ އިންްޒާރު ދިން މީހަކު ބަންދަށް

22 ޑިސެމްބަރ 2022

މާލޭގައި ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭގައި ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އިއްޔެގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި މަރުގެ އިންޒާރު ދިނުމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށް ބަންދު ޖަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލައަކީ ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެކެވެ. އެހެންނަމަވެސް، އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.

އެ މީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އިއްޔެ އެ ކޯޓުން ވަނީ އޭނަ 15 ދުވަހަށް ބަންދު ކުރަން ނިންމައިފަ އެވެ. އޭނާ ބަންދު ކުރީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ވެ އެވެ.

އަމުރުގައި ފާހަގަކުރި ގޮތުގައި ތުހުމަތު ކުރެވޭ މީހާ އަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ. އަދި އޭނާއަކީ މަރުގެ އިންޒާރު ދިނުމުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށް ވެ އެވެ.