13 ޑިސެމްބަރ 2022
އިންޑިއާ އާއި ޗައިނާގެ ގުޅިފައިވާ އިމުގެ ސަރަހައްދެއްގައި، ދެ ފަރާތުގެ ސިފައިންގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށް ދެ ފަރާތުގެ ސިފައިންނަށް ގެއްލުންތަކެއް ލިބިއްޖެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާ އާއި ޗައިނާގެ ގުޅިފައިވާ އިމުގެ ސަރަހައްދެއްގައި، ދެ ފަރާތުގެ ސިފައިންގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށް ދެ ފަރާތުގެ ސިފައިންނަށް ގެއްލުންތަކެއް ލިބިއްޖެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
މިއީ މި ދެ ގައުމުގެ ސިފައިންގެ މެދުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިފަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރެވުނީ، ދެ ގައުމުގެ މެދުގައި މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ސަރަހައްދެއްގަ އެވެ.
އިންޑިއާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އިންޑިއާ އާއި ޗައިނާގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރީ އަރުޗަނަލް ޕްރަދޭޝްގެ ޓަވަންގް ސަރަހައްދުގަ އެވެ. މި ސަރަހައްދުގައި އެންމެ ފަހުން، މި ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރީ، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
އިންޑިއާ އިން ބުނި ގޮތުގައި ހުކުރު ދުވަހު ބަދަލުކުރި ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ބައެއް މީހުންނަށް އެކި ވަރަށް ޒަޚަމްވި އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ދުވަހުގެ ހަމަލާތަކުގައި އިންޑިއާ އިން ޒަޚަމްވީ ހަ ސިފައިންނެވެ.
މި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ތިބޭ ދެ ގައުމުގެ އިސް ކޮމާންޑަރުންގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައި، ހަމަލާ ބަދަލުކުރުން ހުއްޓުވައިފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރަން ފެށުނީ، ޗައިނާ ސިފައިންގެ ބަޔަކު އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެގަތުމާ ގުޅިގެންނެވެ. ޗައިނާ ސިފައިންގެ ފަރާތުން އެފަދަ ހަރަކާތްތަކެއް ފާހަގަކުރެވުމާ އެކު، އިންޑިއާ ސިފައިން ވަގުތުން ރައްދު ހަމަލާދީ، ޗައިނާ ސިފައިން ފަހަތަށް ޖެހެން މަޖުބޫރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު، މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ސަރަހައްދުގައި 3440 ކިލޯމީޓަރު ދިގުމިނުގެ ސަރަހައްދީ ރޮނގެއް އޮވެ އެވެ.
ޗައިނާގެ ފައިޓަރު ޖެޓްތައް ޕާކިސްތާނަށް ވިއްކަނީ
ޗައިނާ ސިފައިން ޖަމާކުރުމަކީ ވައުދާ ހިލާފުކަމެއް
ރަޝިޔާގެ މިސައިލް ގަނެ އިންޑިއާގެ ދިފާއު ވަރުގަދަކުރަނީ
ޗައިނާ- އިންޑިއާގެ އަސްކަރީ ވާހަކަތައް ފަނުފުލުން
އިންޑިއާ-ޗައިނާ އިން ފަހަތަށް ޖެހި، ހަމަ ނޭވާއަކަށް
ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ
ބޭރުގެ އަސްކަރީ ބަނދަރަކަށް ޖާގައެއް ނުދޭނަން: ޝާހިދު
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"