ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް 32، މިރޭ ދަންޖެހިފައި ހުއްޓާ ފެނިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
13 ޑިސެމްބަރ 2022
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް 32، މިރޭ ދަންޖެހިފައި ހުއްޓާ ފެނިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ.
"ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އަބޫބަކުރު ފައިސަލްއަށް ދަނީ ފަރުވާދެމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ "ވިކްޓިމް"އަކަށް ހެދިގެންނެވެ.
ނިޝާމާ މަރާލި ކަމަށް އޭނާއަށް ތުހުމަތުކުރަނީ އެ އާއިލާ އިންނެވެ. އެއީ، އެންމެ ފަހުން ނިޝާމާއާ ބައްދަލުވި މީހަކީ ފައިސަލް ކަމަށް ވުމާއި ކުއްލިއަކަށް ރަށުން ފުރައިގެން ދިއުމެވެ.
އޭނާ ރަށުން ފުރީ ފިލަންވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު އެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅައި ގުޅައި ފޯނު ނުނެގުމުން އެ ގެ އަށް ދިއުމުންނެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އެ މީހުންގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، އެތެރެއަށް ވަދެފައި ވަނީ މަކުޑި ނައްޓުވާލައިގެންނެވެ. މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ.
ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.
ނިޝާމާއަށް އަނިޔާ ލިބޭ ކަމުގެ އަޑުތައް ވެސް ފެތުރިފައި އޮތް އިރު، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑު ފައިސަލްގެ އޮވެ އެވެ. ކުރީގެ އަންހެނުން އޭނާގެ ގާތުން ވަރިވި ސަބަބަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އަނިޔާކުރާތީ ކަން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެން އެބައޮތެވެ.
ނޮޅިވަރަމުން މަރުވި އަންހެން މީހާގެ ހަށިގަނޑު މާލެއަށް
އަންހެން މީހާގެ މަރު: ފިރިމީހާ ކުޅުދުއްފުށީ ޕޮލިހުގައި
ނޮޅިވަރަމްގައި މީހަކު މަރާލި ކަމަށް ބުނާ މައްސަލައެއް
ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ