10 ޑިސެމްބަރ 2022
ކޮރަޕްޝަންގެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް މި ސަރުކާރުން ފެށިޔަސް އެ މަސައްކަތް ކުރިއަށް ދާ މަންޒަރު ނުފެންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
ކޮރަޕްޝަންގެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް މި ސަރުކާރުން ފެށިޔަސް އެ މަސައްކަތް ކުރިއަށް ދާ މަންޒަރު ނުފެންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެމްއެމްއާރުއެމްއިން ނެރުނު ބަޔާނެއްގައިވަނީ މި ސަރުކާރަށް ރައްޔިތުން އިތުބާރުކުރީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެންނަށް ފިޔަވަޅު އެޅުމަށް ކަމަށް ވިޔަސް ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އެ މަސައްކަތް ފެށުން ފިޔަވައި އިތުރު ކަމެއް ކުރިއަށް ދާ މަންޒަރު ނުފެންނަ ކަމަށެވެ.
އެހެންވެ، ރައްޔިތުން އެދޭގޮތަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކޮރަޕްޝަންގެ އަމަލުތަކަކީ ހަމައެކަނި ފައިސާގެ މުއާމަލާތްތައް ނޫން ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ ވެސް އެފަދަ އަމަލުތައް ކަން ދައުލަތުގެ މުއައްސަސާތަކުން ގަބޫލު ކުރަންޖެހެ އެވެ. އަދި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް އެކި ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ވެސް އެބަހުރި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ގޮވާލާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަހަތު ފަޔަށް ބުރަނުވެ މަސައްކަތް ކުރުމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގައި އެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ތުހުމަތުތައް ބަލައިދިނުމަށް އެދި އަފްޒަލް އޭސީސީއަށް
ދައުލަތަށް 74 މިލިއަން އަނބުރާ ހޯދަން ޖެހޭ: އޭސީސީ
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
"ޝިމާޒާ މެދު ގޮތް ނިންމަން ވާނީ ތަހުގީގަށްފަހު"
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އޭސީސީއަށް އައްޔަންކުރަން ނަންތަކެއް އަދިވެސް ނުފޮނުވާ!
ކެމްޕެއިނަށް އެމްއާރުއެމްގެ ޝައުގުވެރިކަމެއް ނެތް
އޭސީސީ މެމްބަރަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ކުރިން ނުފޫޒު، މިފަހަރު ނަތީޖާ ނުނެރެވި ހުސްކަމެއް!