10 ޑިސެމްބަރ 2022
ތައިލެންޑްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑި ބިލްަދިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި އަޒުނީން ރަޝާދު މިއަދު ރަން މެޑަލް ހޯދައިފި އެވެ.
ތައިލެންޑްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑި ބިލްަދިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި އަޒުނީން ރަޝާދު މިއަދު ރަން މެޑަލް ހޯދައިފި އެވެ.
މެން ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދައި އަޒުނީން ވަނީ، ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލްއެއް ހޯދައި ދިން އެތުލީޓްގެ ޝަރަފް ހާސިލުކޮށްފަ އެވެ.
މި އަހަރަކީ އަޒުނީންގެ ކެރިއާގައި ތަރީހީ ކާމިޔަބުތަކެއް ހޯދި ޢަހަރެކެވެ. ޖުލައި މަހު ރާއްޖޭގައި ބޭއްވި އެޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި އޭނާ ވަނީ ޢޭޝިއާ ބައްރުގެ މުބާރަަތެއްގައި އަމިއްލަ ފަސްގަނޑުގައި ވާދަކޮށް ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު ވެސް ހާސިލުކޮށްފަ އެވެ.
މއަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި ސްޕޯޓްސް ފީޒީކް ކެޓަގަރީން ޗެމްޕިއަންކަން ދިފާއު ކުރި އަޒުނީނަކީ މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް މެޑަލް ހޯދައި ދިން ދެވަނަ އެތުލީޓެވެ. ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް މުހައްމަދު މޫސާ އިއްޔެ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އޭޝިއަން ޗެމްޕިއަންޝިޕްގައި އެތުލޭޓިކް ފިޒީކް ކެޓަގަރީން ރަން މެޑަލް ހޯދައި މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަ ކުރި މޯޑް ވަނީ މިދިޔަ އަހަރު އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ހަމަ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.
ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ހަމަ އެ ކެޓަގަރީން ލޯ މެޑަލް އޭޏާ ހޯދި އެވެ.
ޖުލައި މަހު މާފުށީގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި މިސްޓަ އޭޝިއާގެ ފައިނަލު ބުރުގައި ވާދަ ކުރުމުން މޯޑް ވެފައި ވަނީ މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަ ކުރި ރާއްޖޭގެ ފުރަތަމަ އެތުލިޓްގެ ޝަރަފު ހޯދައިފަ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރެ އެވެ. އެއީ އަޒުނީން އާއި މޯޑްގެ އިތުރުން އޭޝިއަން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި ހުސައިން ހިމްޔާން އެވެ. ދެން ހިމެނެނީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް މި އަހަރު ވެސް ދިފާއު ކުރި މުހައްމަދު ޔާމީން (ޔާންބެ) އާއި އޭޝިއާގެ މުބާރާތުން އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދާއި ހަމަ އެ މުބާރާތުގެ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރެ އެވެ.
އަޒްނީން ރަޝާދު، މުހައްމަދު މޫސާ، ހުސައިން ހިމްޔާން، މުހައްމަދު ޔާމީން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަން، އެވެ. ޓީމުގެ ކެޕްޓަނަކީ އަޒުނީނެވެ. ރާއްޖޭގެ ކޯޗަކީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުލް ހަސީބު އެވެ.
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތަށް 11 މިލިއަން ރުފިޔާ
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ
ތާރީހީ ރަން މެޑަލް އަޒުނީން ހާއްސަކުރަނީ ވިލިނގިއްޔަށް
ވޯލްޑް ޗެމްޕިއަންޝިޕުން ޔާންބެ ބްރޯންޒް މެޑަލް ހޯދައިފި
ހިމްޔާން، އަހުސަން އަދި ފަތުހުﷲ އަށް ބްރޯންޒް މެޑަލް
ވޯލްޑް ޗެމްޕިއަންޝިޕުން މޯޑް ރިހި މެޑަލް ހޯދައިފި
ޑިޕްރެޝަންގެ އަނދިރިން ނުކުމެ ދުނިޔޭގެ އިސް ސަފަށް
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން