09 ޑިސެމްބަރ 2022
ތައިލެންޑްގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ މުހައްމަދު މޫސާ މިއަދު ރިހި މެޑަލް ހޯދައިފި އެވެ.
ތައިލެންޑްގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ މުހައްމަދު މޫސާ މިއަދު ރިހި މެޑަލް ހޯދައިފި އެވެ.
މި އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑަލް ހޯދި މޯޑް، މިއަދު ވޯލްޑް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީންނެވެ.
މިއީ މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑައްޔެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕްގެ ތާރީހުގައި މޯޑް ރާއްޖެ އަށް ހޯދައިދިން ދެވަނަ ރިހި މެޑަލް އެވެ. އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް މޯޑް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
މޯޑް ރިހި މެޑަލް ހޯދުމުން ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (ކ) އާއި ނައިބު ރައީސް އައިމަން، މޯޑް އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން
ޖުލައި މަހު، ކ. މާފުށީގައި ބޭއްވި ބޮޑީ ބިލްޑިން މުބާރާތުގައިބޮޑީ ބިލްޑިން ކެޓަގަރީން ރަން މެޑަލް ހޯދައި މޯޑް ވަނީ މިސްޓަ އޭޝިއާގެ ފައިނަލު ބުރުގައި ވާދަކޮށްފަ އެވެ. އެއާއެކު އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރެ އެވެ. އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި އެތުލީޓުންގެ ތެރެއިން ދެން މުބާރާތުގައި ވާދަ ކުރަނީ އަޒުނީން ރަޝާދާއި ހުސައިން ހިމްޔާ އެވެ.
ދެން ހިމެނެނީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް މި އަހަރު ވެސް ދިފާއު ކުރި މުހައްމަދު ޔާމީން (ޔާންބެ) އާއި އޭޝިއާގެ މުބާރާތުން އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދާއި ހަމަ އެ މުބާރާތުގެ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރެ އެވެ.
އަޒްނީން ރަޝާދު، މުހައްމަދު މޫސާ، ހުސައިން ހިމްޔާން، މުހައްމަދު ޔާމީން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަން، އެވެ. ޓީމުގެ ކެޕްޓަނަކީ އަޒުނީނެވެ. ރާއްޖޭގެ ކޯޗަކީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުލް ހަސީބު އެވެ.
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތަށް 11 މިލިއަން ރުފިޔާ
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ
ތާރީހީ ރަން މެޑަލް އަޒުނީން ހާއްސަކުރަނީ ވިލިނގިއްޔަށް
ވޯލްޑް ޗެމްޕިއަންޝިޕުން ޔާންބެ ބްރޯންޒް މެޑަލް ހޯދައިފި
ހިމްޔާން، އަހުސަން އަދި ފަތުހުﷲ އަށް ބްރޯންޒް މެޑަލް
ވޯލްޑް ޗެމްޕިއަންޝިޕުން އަޒުނީން ރަން މެޑަލް ހޯދައިފި
ޑިޕްރެޝަންގެ އަނދިރިން ނުކުމެ ދުނިޔޭގެ އިސް ސަފަށް
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން